މިފްކޯ ބަގުރޫޓު ކޮށްލަނީ މެމްބަރުންގެ ސިޔާސީ މަންފާއަށްޓަކައި: މުހްތާޒް
ދެންމެ | 14 ނޮވެމްބަރ 2022

ސަރުކާރު މަސް ކުންފުނި މިފްކޯ ބަގުރޫޓްވެގެން ދަނީ މަޖިލިސް މެމްބަރުންނާއި ސިޔާސީ ފަރާތްތަކުގެ ސަބަބުން ކަމަށް މަސްހޫރު ގާނޫނީ ވަކީލް އަދި އޮޑިވެރިޔާ މުހުތާޒް މުހްތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލްކަން ވެސް ކޮށްފައިވާ މުހްތާޒް ކުރެއްވި ޓުވީޓެއްގައި ބުނެފައި ވަނީ ކޫއްޑޫ ނުހިންގިގެން އުޅެނީ އެސަރަހައްދުގެ މަޖިލިސް މެމްބަރުގެ އުންމީދުތަކާއި އެއްވަރަށް ކޫއްޑޫން ވަޒީފާ އުފައްދަން ޖެހިގެން ކަމަށެވެ.

މުހްތާޒު ވިދާޅުވީ މެމްބަރުންގެ އަމިއްލަ ސިޔާސީ މަންފާއަށްޓަކައި މުޅި ކޫއްޑޫ ހަރާބު ކޮށްފައިވާ ކަމަށެވެ.

“މިފްކޯ އަށް ބަދަލުތަކެއް ގެނައުމަށް ކޫއްޑޫ ހިމެނޭ ސަރަހައްދުގެ މަޖިލީހުގެ މެމްބަރުން ވާހަކަދެއްކުން ލަދުވެތި. ތިމާމެންގެ އަމިއްލަ ސިޔާސީ މަންފާއަށްޓަކައި ކޫއްޑޫގެ މުޅި އޮޕަރޭޝަން ޚަރާބު ކުރުވަނީ އެމެމްބަރުން. ކުންފުންޏާއި ނުބައްދަލު ޚަރަދު ކުރަންޖެހިފައިވަނީ އެމެމްބަރުންނާއި ހެދި.“ މުހްތާޒު ވިދާޅުވި އެވެ.

މަސްވެރިކަމުގެ ސިނާއަތް ފުޑުފުޑު ވަމުންދާއިރު މިހާރު މާންދޫ ގައި މަސްވެރިން ގެންދަނީ މުޒާހަރާ ކުރަމުން ނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!