ބޮމުގެ ފަރުވާ ހޯދި އިރު އިބޫ ގުޅީ އުއްމަތަށް ވެސް އެންމެ ފަހަރަކު: ނަސީދު
ދެންމެ | 23 ޖެނުއަރީ 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގުޅުމެއް ނެތް ކަމަށާއި، އެމަނިކުފާނު ނުގުޅުއްވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާ ރައީސް ސޯލިހާ ގުޅުމެއް ނެތް ކަމަށާއި އެންމެ ފަހުންވެސް ރައިސް ސޯލިހް ގުޅުއްވީ އަހަރެއްހާ ދުވަސް ކުރިން ކަމަށެވެ.

”ބޮމުގެ ހާދިސާގައިވެސް އަޅުގަނޑު ޖަރުމަނުގައި އޮތްހާ ދުވަހުވެސް، އަދި އިނގިރޭސިވިލާތުގައި އޭގެފަހުން އޮތް ހާ ދުވަހުވެސް، ރައީސުލްޖުމްހޫރިއްޔާ ގުޅުއްވީ އެއް ދުވަހު. އަޅުގަނޑަކާ ރައީސުލްޖުމްހޫރިއްޔާއަކާ ގުޅުމެއް ނެތް.“ ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އިއްތިހާދާ ގުޅުން ބޭއްވުމުގެ ބޭނުމުގައި ރައީސް ސޯލިހް އެމަނިކުފާނާ މަޝްވަރާ ކުރުން ހުއްޓާލީ ކަމަށެވެ. އަދި ރައީސް ސޯލިހްގެ އަރިހުގައި ތިއްބެވި ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ނަޝީދާ މަޝްވަރާ ކޮށްފިނަމަ ރައީސް ސޯލިހް ”ޝައިން“ވާ މިންވަރު ކުޑަވެގެންދާނެ ކަމަށް ދެކޭކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ޖެނުއަރީ 28 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީ ބާއްވާއިރު ރައީސް ނަޝީދުވެސް އަދި އެމަނިކުފާނާ ވާދަކުރައްވާ ރައީސް ސޯލިހްވެސް އަންނަނީ ކެމްޕޭން ހުއްޓުމެއްނެތި ކުރިއަށް ގެންދަމުންނެވެ.

ގުޅުންހުރި ލިޔުންތައް
  1. ހިނގާދަމާ

    މަމެން ޕިންކީންގެ ދުޝްމަނެއް ނޫނޭ އަންނި އަކީ ދެން ކިއެއްވެތޭ އޭނާ ދެކެ ރުޅި އަންނަންވީ އަންނަން ޖެހޭ ސަބަބުވެރި ސަބަބެއް ނެތޭ އެމްޑީޕީ އެމްޕީން ނަކީ ސީދާ އަންނި ހޮވާފައިވާ މީހެކޭ ދެން އަންނި ނޫން ގާފިލާ އެއްގެ ބަޔަކު ކޮންމެހެން ނުޖެހޭނެއޭ އަރަން އެމްޑީޕީގެ ކިއްލާ ތަކަށް އަރަން ހިނގާ ދަމާ އަންނި އާއި ދެކޮޅު ގާފިލާ ދޫކޮށްދަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން މަމެން ޕިންކީން ނާއި ގުޅިގެން އެއްވަނަ ހޮވަމާ ހިނގާދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….