ރައީސް ވަހީދުގެ ތާއީދު ވެސް ރައީސް ސޯލިހަށް
ދެންމެ | 28 ޖެނުއަރީ 2023

އެމްޑީޕީ ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއީދު ކުރެއްވުމަށް ކުރީގެ ރައީސް ވަހީދު ނިންމަވައިފި އެވެ.

އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ވަހީދު ތާއީދު ކުރައްވަން ކުރީގެ ރައްޔިތުން މަޖިލީހުގެ ރައީސް އަދި މިސަރުކާރުގެ ހާރިޖީ ވަޒީރު ސާހިދުގެ އެދިލެއްވުމަކަށެވެ.

ރައީސް ވަހީދާއި ހަވާލާދެއްވާ އެމަނިކުފާނުގެ އަރިސް ބޭފުޅަކު ވިދާޅުވީ ރައީސް ސޯލިހަށް އެމަނިކުފާނު ނިންމެވީ ހާރިޖީ ސިޔާސަތުގައި ރައީސް ސޯލިހްގެ ސަރުކާރުން ގެންގުޅޭ ހަރުދަނާ އުސޫލުގެ ސަބަބުންނެވެ.

ރައީސް ވަހީދަކީ ރައީސް ނަސީދުގެ ނައިބް ރައީސެވެ. އެހެންނަމަވެސް 2012 ވަނަ އަހަރު ރާއްޖޭގެ ސިޔާސީ މަސްރަހްގައި ހިނގައިދިޔަ ކަންތައްތަކަށް ފަހު ރައީސް ވަހީދު ވަނީ ވެރިކަމުގެ ހުވާ ކުރައްވައި ވެރިކަމާއި ހަވާލުވެ ވަޑައިގެންފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!