ޕާޓީން ކަނޑާލި އަދި ވޯޓުލި 55 ހާސް މީހުންނާއި އެކު އިބޫ އާއި ދުރަށްދާން ނަސީދު ނިންމަވައިފި
ދެންމެ | 29 ޖެނުއަރީ 2023

ޕާޓީން ކަނޑާލި 39 ހާސް މީހުންނާއި ރައީސް ނަސީދަށް ވޯޓު ދިން 15 ހާހަށްވުރެ ގިނަ މެމްބަރުންނާއި އެކު ޖުމްލަ 55 ހާހަށް ވުރެ ގިނަ މީހުންނާއި އެކު އިބޫ އާއި ދުރަށް ނަސީދު ވަޑައިގަންނަވަން ނިންމައިފި އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަސީދަށް ތާއީދު ކުރައްވާ އިސް ބޭފުޅުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި މި ގޮތަށް ނިންމާފައި ވަނީ މިއަދު އެވެ.

އިއްޔެ ބޭއްވި ޕްރައިމަރީ ވޯޓު ގަނޑުބަޑުކޮށް އޮޅުވާލާފައިވާ ކަމަށް ރައީސް ނަސީދަށް ތާއީދު ކުރާ އިސްފަރާތްތަކުން ވަނީ ބުނެފަ އެވެ.

އެމްޑީޕީ ދަފުތަރު ސާފްކުރުމުގެ ނަމުގައި ރައީސް ނަސީދަށް ތާއީދު ކުރައްވާ ގިނަ އަދަދެއްގެ ބޭފުޅުން ޕާޓީން ކަނޑާލާފައިވާ ކަމަށް ރައީސް ނަސީދު ތުހުމަތު ކުރައްވަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!