ބަތްޕެނުން ޖިންސީ ބާރުވެރިކަން އިތުރު ކޮށްދޭ!
ދެންމެ | 24 އޯގަސްޓް 2023

ގިނަ ސަގާފަތްތަކުގައި މައިގަނޑު ކާނާއެއް ކަމަށްވާ ހަނޑުލަކީ  އޭގަ އެކުލެވޭ ގިނަ ފައިދާހުރި މާއްދާތަކާއި އެކިބާވަތަށް ތައްޔާރުކޮށްލެވޭތީ ގިނަ ޒަމާންތަކެއްވަންދެން ބޭނުންކުރަމުންއަންނަ އެއްޗެކެވެ. ހަނޑޫ ފެނުގައި ކެއްކުމުން ތައްޔާރުކުރެވޭ ބަތްޕެނަނަކީ އޭގައިއެތައްގުނަ ފައިދާއަކާއި ބޯލަންފަސޭހަ ސޫޕެއްގެ ގޮތުގައި މަގުބޫލުކަން ހޯދާފައިވާ ފެނެކެވެ. ކޮންމެހެން ބޭނުންވާ ނިއުޓްރިއެންޓްތަކާއި ޝިފާ ލިބޭ މާއްދާތަކުން ފުރިފައިވާ ބަތްޕެންކީ ސިއްހީ ގޮތުން ލިބޭ އެތައް ފައިދާތަކެއްގެ ސަބަބުން މީހުން ވަރަށްގިނައިން ބޭނުންކުރާ އެއްޗެކެވެ. ރަމަޟާންމަހު ރޯދަހިފުމުގެ ކުރިން ހާރުގަޑީގައާއި ބަލިވީމާ ގައިގަވަރު ޖައްސަންވެސް އަދި އުމުރުން ދުވަސްވީ މިހުންނަށްވެސް ބަތްޕެން ކާންދެއެވެ.

ބަތްޕެނަކީ ހަޖަމުކުރުމުގެ ނިޒާމަށް ނާޒުކު އެއްޗަކަށް ވާތީ، ގޭސްޓްރޯއިންޓެސްޓިނަލް ޑިސްކޮމްފޯޓް( ގޭހުގެ އުނދަގޫ) ނުވަތަ ބައްޔަކުން ރަނގަޅުވާ ފަރުދުންނަށް މިއީ ރަނގަޅު ޗޮއިސްއެކެވެ. ބަތްޕެނުގައި ހުންނަ ފަސޭހައިން ހަޖަމުކުރެވޭ ސްޓާޗްގެ ސަބަބުން ބަނޑުގެ ރިއްސުން ފިލުވައިދީ، ތަދު ކުޑަކޮށްދީ، ބޭރަށްހިންގުން އަދި މޭނުބައިކުރުން ފަދަ އަލާމާތްތައް ލުއިކޮށްދެއެވެ. މިއީ މާބޮޑުރަހައެއް އެކުލެވޭ އެއްޗަކަށް ނުވިނަމަވެސް މިއީ ހަޖަމުކުރާ ނިޒާމަށް އިތުރުބުރައެއް ނުދީ ފައިދާ ފޯރުކޮށްދީ ހަށިގަނޑު ރަނގަޅުވުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ.

ހައިޑްރޭޓް ވެފައި (ގިނައިން ހަށިގަނޑަށް ފެންފޯރުކޯށްދދީގެން )ހުރުމަކީ ޖުމްލަ ސިއްހަތަށް މުހިންމު ކަމެއް ކަމަށާއި، ބަތްޕެނަކީ ރަނގަޅު ހައިޑްރޭޝަން ލެވެލްއެއް ދެމެހެއްޓުމުގައި ދައުރެއް އަދާކުރާ އެއްޗެކެވެ. ބަތްޕެން ކަށްކާއިރު ފެނަށް ހަނޑުލުގައި އެކުލެވޭ ސްޓާޗް ދޫކޮށްލުމުން މަޑު ފއެކުލެވޭ ހައިޑްރޭޓިން ބުއިމެއް އުފެދެ އެވެ. ބަތްޕެނަކީ ރީހައިޑްރޭޝަން އަށް ރަނގަޅު ބާވަތަކަށް ވެގެންދާއިރު، ޚާއްޞަކޮށް ހޫނު މޫސުމުގައި ނުވަތަ ހަށިގަނޑުން ފެން ގެއްލޭ ދުވުން ނުވަތަ ކަސްރަތުފަދަ ޖިސްމާނީ ހަރަކާތްތަކެއް ކުރުމަށްފަހު ރަނގަޅު ބުއިމެކެވެ. މީގެ އިތުރުން ބަތްޕެނުގައި ޕޮޓޭސިއަމް އާއި ސޯޑިއަމް ފަދަ މުހިއްމު އިލެކްޓްރޯލައިޓްތައް ހިމެނޭއިރު، މިއީ ހަށިގަނޑުގެ އިލެކްޓްރޯލައިޓް ބެލެންސް ބެލެހެއްޓުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ.

ބަތްޕެނަކީ ޚާއްޞަކޮށް ހޯލް ގްރެއިން ހަނޑުކުގައި ތައްޔާރުކުރާއިރު ނިއުޓްރިއެންޓް ގިނަ ކާނާއެކެވެ. އެއީ ބީ ވިޓަމިންސް (ތައިމިން، ނިއަސިން، ރައިބޯފްލެވިން)، މެގްނީޒިއަމް، ފޮސްފަރަސް، އަދި ދަގަނޑު ފަދަ އަގުހުރި ވިޓަމިންތަކާއި މައުދަންތައް އެކުލެވިގެންވާ އެއްޗެކެވެ. މި ނިއުޓްރިއެންޓްސް އަކީ ހަށިގަނޑުގެ އެކިއެކި މަސައްކަތްތަކަށް ކޮންމެހެން ބޭނުންވާ މާއްދާތަކެއް ކަމުގައިވާއިރު، އޭގެ ތެރޭގައި ހަކަތަ އުފެއްދުމާއި، ނާރުތަކުގެ މަސައްކަތްތަކާއި، ލޭގެ ރަތް ސެލްތައް އުފައްދަން އެހީވުން ހިމެނެއެވެ. ގަވާއިދުން ބަތްޕެން ބޭނުންކުރުމަކީ އިންސާނާގެ ކެއުމުގައި ހުންނަ ނިއުޓްރިއެންޓް ގޭޕްތައް ފުއްދައިދީ، ޖުމްލަ ސިއްހަތާއި ދުޅަހެޔޮކަން އިތުރުކޮށްދޭ އެއެޗެކެވެ.

އިންފެކްޝަންތަކާއި ބަލިތަކުން ހަށިގަނޑު ރައްކާތެރިކުރުމަށް ރަނގަޅަށް މަސައްކަތްކުރާ ދިފާއީ ނިޒާމަކީ ވަރަށް މުހިންމު އެއްޗެކެވެ. ބަތްޕެނުގައިހިމެނޭ ނިއުޓްރިއެންޓް ކޮންޓެންޓް، ޚާއްޞަކޮށް ބީ ވިޓަމިންސް އަކީ ދިފާޢީ ނިޒާމު ރަނގަޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. މީގެ އިތުރުން ބަތްޕެނުގައި އެކުލެވޭ އެންޓި-އިންފްލެމެޓަރީ ޕްރޮޕަޓީސްގެ ސަބަބުން ހަށިގަނޑުގައި ދުޅަހެޔޮކަން ރަނގަޅުވެ، ދިފާއީ ނިޒާމުގެ މަސަތްކަތް އިތުރަށް ވަރުގަދަވެގެންދެއެވެ.

ބަރުދަން މެނޭޖް ކުރަން ބޭނުންވާ މީހުންނަށް ބަތްޕެނަކީ އެމީހުންގެ ކެއުމަށް ރަނގަޅު އެއްޗެކެވެ. އޭގެ ކެލޮރީ މަދު މިންވަރާއި ބަނޑުފުރުމުގެ އިހުސާސް ގެނުވައިދޭތީ އެހެންއެއްޗެހި ކެއުމަށްއޮންނަ ޝައުގުވެރިކަން ކުޑަކޮށް، މާގިނައިން ކެއުން މަދުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. މީގެ އިތުރުން ބެލެންސްޑް ކާބޯހައިޑްރޭޓް ކޮންޓެންޓްގެ ސަބަބުން ހަކަތަގެ އެއްވަރެއްގެ މަސްދަރެއް ލިބި، ހަރަކާތްތެރިވެ ވަރުބަލިނުވެ ދުޅަހެޔޮ ދިރިއުޅުމެއް އުޅެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް