އެމްޑީޕީ މައިހަރުގޭ ކަރަންޓާއި ފެން ބިލް ނުދައްކާ އެތައް މަހެއް، 60 ހާސް ވަނީ އަރުވާލާފައި: ވެރިޔާ
ދެންމެ | 29 މެއި 2023

ބަގުރޫޓް ފައްޔާޒުގެ އަމުރަށް ހިސޯރުކޮށްފައިވާ އެމްޑީޕީ މައިހަރުގޭ ކަރަންޓާއި ފެން ބިލް ނުދައްކާ އެތައް މަހެއް ވެފައިވާ ކަމަށާއި ބިލްތަކަށް 60 ހާސް ރުފިޔާ ވަނީ އަރުވާލާފައި ކަމަށް ވެރިފަރާތުން ބުނެފި އެވެ.

ބިމުގެ ވެރިޔާގެ ފަރާތުން ވާހަކަ ދެއްކި އޮފިސަލަކު ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން ބިލްތައް ނުދައްކާ ހުރުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ވެސް ގިނަ އަދަދެއްގެ ފައިސާ އަރާފައިވާ ކަމަށެވެ.

ބަގުރޫޓް ފައްޔާޒުގެ އަމުރަށް ކުރީގެ އެމްޑީޕީ މައި ހަރުގެ އެޕާޓީން ހިސޯރުކޮށްފައި ވަނީ ގަދަ ބާރުން އެތަނުގައި ސިޔާސީ ހަރަކާތް ހިންގުމުގެ ބޭނުމުގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!