ކިރު ބުއިމަށް އެންމެ ރަގަޅު ވަގުތަކީ ކޮބާ؟!
ދެންމެ | 02 ޖޫން 2023

ފުރިހަމަ ޞިއްހަތެއްގައި ދެމިހުރުމަށް އެކަށީގެންވާ މިންވަރަށް ފެނާއި ކިރު ބުއިމަކީ ނުހަނު މުހިންމު ކަމެކެވެ. އެހެން ނަމަވެސް، ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ފެނާއި ކިރު ބުއިމަކީވެސް ގެއްލުން ހުރި ކަމަކަށް ވުމުން ފެން ބުއިމުގައި ގެންގުޅެންވީ އާދަ ދަސްކުރަން އެބަޖެހެއެވެ. މިގޮތުން ފެނާއި ކިރު ބުއިމަށް އެންމެ ރަނގަޅު ވަގުތުތަކަކީ ކޮބައިކަން ދެނެގަނެ އެވަގުތުތަކުގައި ފެންބުއިމަށް ސަމާލުކަން ދިނުންމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ.

 

 

Ad

ސައިންސުގެ އަލީގައި އިންސާނުންގެ ހަށިގަނޑަށް ފެން އެންމެ ބޭނުންވާ ވަގުތުތައްވަނީ ދެނެގަނެވިފައެވެ. އެގޮތުން އަޅުގަނޑު މިބަލާލަނީ އިންސާނުންނަށް އެންމެ ފެން ބޭނުންވާ ކަމަށް ސައިންސްވެރީން އިއްތިފާޤްވާ ވަގުތުތަކަށެވެ.

 

1. ނިދިން ހޭލުމަށްފަހު؛

ނިދީގައިވެސް ހަށިގަނޑުގެ އެތެރޭގައި މަސައްކަތްތައް ހޭލާ ހުރުމެކޭ އެއްފަދައިން ކުރެއެވެ. އެހެންކަމުން ހަށިގަނޑުގެ އެ މަސައްކަތްތައްކަށް ނިދުމުގެ ވަގުތުގައިވެސް ފެން ބޭނުން ކުރާތީ ހަށިގަނޑުން ފެން މަދުވެއެވެ. އެހެންކަމުން ނިދިން ހޭލުމަށްފަހު ފެން ބުއިމުން ހަށިގަނޑަށް ބޭނުންވާ ފެނުގެ މިންވަރު ހަމަކޮށްދީ ’ހައިޑްރޭޓް’ކޮށްދޭނެއެވެ. އަދި ނިދާފައި އޮންނަ ވަގުތު ހަށިގަނޑުގައި ޖަމާވާ ވިހަ މާއްދާތައް ބޭރުކޮށްދިނުމަށް އެހީތެރިވެއެވެ. އެއީ ފާޚާނާ ކުރުމަށް ފަސޭހަވެ، ހަށިގަނޑު ބަލިތަކުން ދިފާއުކޮށްދޭނެވެސް ކަމެކެވެ.

 

2. ކެއުމުގެ ކުރިން؛

އާއްމުކޮށް މީހުން ފެނާއި ކިރު ބޮއި އުޅެނީ ކެއުމުގެ ފަހުންނެވެ. އެހެންނަމަވެސް ކެއުމުގެ 30 މިނެޓު ކުރިން ފެނާއި ކިރު ބުއިމަކީ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިއްބައިދޭނެ އާދައެކެވެ. މީގެ ސަބަބުން ކާތަކެތި ލިބިގަތުމަށް ގޮހޮރު ތައްޔާރުކޮށްދީ ކާތަކެތިން ލިއްބައިދޭ ހަށިގަނޑަށް ބޭނުންވާ މާއްދާތައް ލިބިގަތުމަށް ފަސޭހަވެގެންދެއެވެ. މީގެ އިތުރުން ކެއުމުގެ ކުރިން ފެން ބުއިމުން މީހާ ކޮންމެވެސް ވަރަކަށް ބަނޑު ފުރުމުގެ އިހުސާސް ކުރެވުމުން މާގިނައިން ކެއުމުން ދުރުކޮށްދީ ބަރުދަން ލުއިކުރުމަށްވެސް އެހީތެރިވެދެއެވެ.

 

3. ކަސްރަތު ކުރާ ވަގުތު؛

ކަސްރަތު ކުރުމަކީ ހަށިގަނޑުން ދަލުގެ ގޮތުގައި އަދި މެޓަބޮލިޒަމް އިތުރުވުމުން ހަށިގަނޑުން ފެން ބޭނުން ކުރުން އިތުރުވާ ކަމެކެވެ. ހަށިގަނޑުން ފެން އިތުރަށް ބޭނުން ކުރާނަމަ ހަށިގަނޑަށް ބޭނުންވާ މިންވަރުގައި ފެން ބެހެއްޓުމަށް ކަސްރަތުކޮށް ނިމުނުން ކިރު ބޯންވާނެއެވެ.

 

4. ނިދުމުގެ ކުރިން;

ނިދާފައި އޮންނަ ވަގުތު ހަށިގަނޑަށް ފެން ނުލިބުމުން ރަނގަޅަށް ނިދިހަމަކުރަން އުނދަގޫވެ، އަދި އެއީ މީހާ ވަރުބަލިކަމާއެކު ދުވަސްފަށްނަ މެދުވެރިވެދާ ސަބަބަކަށްވެގެންދާ ކަމެކެވެ. އެހެން ކަމުން ނިދީގައި ހަށިގަނޑަށް ފެން ނުލިބޭކަމުން ނިދުމުގެ ކުރިން ހަށިގަނޑަށް ފެން ލިއްބައިދިނުމަށް ކިރު ބުއިމަކީ ކުރެވިދާނެ ކަމެކެވެ. އެހެންނަމަވެސް، ކިޑްނީ މައްސަލައާއި މާގިނައިން ކުޑަކަމުދެވޭ މީހުން ރޭގަނޑު ނިދުމުގެ ކުރިން ކިރު ބުއިމާއި ދުރުވެލަންވާނެއެވެ.

 

5. ހަށިގަނޑުން ފެން މަދުވާ ވަގުތު

ހަށިގަނޑަށް ފެން ބޭނުންވާ ވަގުތު ހަށިގަނޑުން ފެން މަދުވުމުން ސިގްނަލްތަކެއް ދޭނެއެވެ. މިގޮތުން ކަރު ހިއްކުމާއި ތުންފަތާއި ހަންގަނޑު ހިކުމަކީ ހަށިގަނޑަށް ފެން ބޭނުންވާކަމުގެ އަލާމާތެވެ. ހަށިގަނޑުން ފެން މަދުވުމުން ކަރު ހިއްކާނަމަ ކިރު ބުއިމުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ’ރީހައިޑްރޭޓްވެ‘ ހަށިގަނޑުގައި ފެން ހުންނަންވާ މިންވަރަށް ހިފަހައްޓައިދޭނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!