ފޮނަދޫ ކައުންސިލުން ބިމެއް ޖަހައިގަތުމުން އަމިއްލަ ފަރާތަކަށް އެތައް ލައްކައެއް ދިނުމަށް ކުރި ހުކުމް އިސްތިއުނާފް ކޮށްފި
ދެންމެ | 12 ޖޫން 2023

ލ. ފޮނަދޫ ކައުންސިލުން ކުއްޔަށްދީފައިވާ ބިމެއް ގަވައިދާ ހިލާފަށް އަތުލުމުން އެމީހާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ފަސް ލައްކަ އަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ކުރި ހުކްމް އިސްތިއުނާފް ކޮށްފި އެވެ.

ރެސްޓޯރެންޓެއް ހިންގުމަށް އެކައުންސިލުން އެބިން ކުއްޔަށްދީފައިވާ ފަރާތުން ވަކިކޮށްފައި ވަނީ ގަވައިދާ ހިލާފަށް ކަމަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިމިދިޔަ ރައީސް ޔާމީން ވެރިކަމުގައި ފޮނަދޫ ކައުންސިލުން މި ބޮޑު ޖަރީމާ ހިންގާފައި ވަނީ ޓިނު އަދުރޭ އޯޑަރަށް އޭނާ ރެސްޓޯރެންޓް ހިންގުމަށް އެބިން ހޯދުމަށް ކަމަށް ވެއެވެ. އެހެންނަމަވެސް ފަހުން ވެސް އަދުރޭއަށް އެ ބިން ލިބޭ ގޮތެއް ނުވިއެވެ.

އެބިން ކުއްޔަށްދިން މީހާގެ އަތުން ފޮނަދޫ ކައުންސިލުން އެތަން ދަމައިގެންފައި ވަނީ އެމީހާ އެތައް ހަރަދަކާއި މަސައްކަތެއްކޮށް އެބިމުގައި އިމާރާތްކޮށް ގާތްގަނޑަކަށް ނިމިފައި ހުއްޓައި ކަމަށް މައުލޫމާތު ލިބެ އެވެ.

ފޮނަދޫ ކައުންސިލް ތަމްސީލް ކުރަނީ އިދިކޮޅު ޕީޕީއެމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!