2 ކިރު ވަގަށް ނެގި މީހަކު 2 މަހަށް ޖަލަށް ލައިފި
ދެންމެ | 14 ޖޫން 2023

ދެ ޕެކެޓު ކޯސްޓް ކިރު ވަގަށް ނަގައިން ކުޅުދުއްފުށީ މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ.

ކުޅުދުއްފުށީ ބަރާބަރު ފިހާރައިން 800 ގްރާމުގެ ދެ ޕެކެޓް ކޯސްޓް ކިރު ވަގަށް ނެގި މީހަކު ޖަލަށްލާން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރީ އަންގާރަ ދުވަހުއެވެ.

މި މައްސަލައިގެ ޝަރީއަތުގައި ދައުލަތުން، ވައްކަން ކުރި ކަމުގެ ދައުވާ އުފުލި ކުޅުދުއްފުށީ ފިރިހެނަކު ވަނީ ވައްކަން ކުރި ކަމަށް އިއުތިރާފުވެފައެވެ. އެހެންކަމުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.

މި މައްސަލައިގައި އެ މީހާގެ މައްޗަށް ކޯޓުން ކުރީ ދެ މަހާއި 25 ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންނަމަވެސް ކުށް ސާބިތުވީ މީހާ ލުއި އަދަބަކަށް އެދުމުން ޖަލު ހުކުމްވަނީ ގޭ ބަންދަށް ބަދަލުކޮށްދީފައެވެ. މި މީހާގެ މައްޗަށް މީގެ ކުރިންވެސް ޖިނާއީ ކުށް ސާބިތުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!