އޮރިޔާން ބުޑު ދައްކައިގެން އުޅޭ އުރުފީއަށް ފިލްމްތަކުން ފުރުސަތު ނުދިން!
ދެންމެ | 02 ޖުލައި 2023

އިންސްޓަރގްރާމް މޮޑެލް އުރްފީ ޖާވިދަށް ފިލްމީ ދާއިރާގައި މަސައްކަތް ނުލިބޭ ކަމަށް އޭނާ ހާމަކޮށްފިއެވެ.

އެގޮތުން އޭނާ އަކީ މިހާރު ވަރަށް މަޝްޙޫރު މީހެއް ކަމަށާއި ނަމަވެސް އޭނާއަށް މަސައްކަތް ކުރަން ފުރުސަތު ލިބެނީ މަދު ފަހަރެއްގައި ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.

އެގޮތުން ގިނަ ބަތަލްއިން އޭނާ އެކުގައި މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށް ވެސް އޭނާ ވަނީ ޝަކުވާ ކޮށްފައެވެ. އޭނާ އަކީ މަޝްޙޫރު މީހަކަށްވި ނަމަވެސް އެކަކުވެސް އޭނާ އަށް އިޙްތިރާމް ނުކުރާ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.

އުރްފީ އާއްމުންގެ ތެރޭގައި މަޝްޙޫރު ވެފައި ވަނީ އޭނާ ހެނދުން އެޅުމުގައި ގެންގުޅޭ ވައްޓަފާޅިންއެވެ. އެގޮތުން އޭނާއަކީ ނިވާކަން ކުޑަ ހެދުން ލައިގެން އާއްމުންެގެ ތެރޭގައި އުޅޭ މީހެއް ކަމުން އޭނާއަށް ނުރުހުން ފާޅު ކުރާ އެތައް ބަޔަކު އަންނަނީ މީސްމީޑިއާގެ އެކި ޕްލެޓް ފޯމުގައި އުރްފީއަށް އެއްޗެހި ކިޔަމުންނެވެ.

އުރްފީ ހާމަކުރާ ގޮތުގައި އޭނާ އެގޮތަށް ހެދުން އަޅަނީ މަޝްޙޫރުކަން ހޯދަން ކަމަށާއި އޭނާ ބޭނުންވަނީ މަޝްޙޫރު މީހެއް ގޮތުގައި އުޅެން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!