މިފަހަރު ވެސް ރައީސް އިބުރޭގެ ރަނިންގ މޭޓަކަމަށް ފައިސަލް ފެން ބޮވައިގެންފި
ދެންމެ | 21 ޖުލައި 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރަނިންމޭޓަކަށްވުމުގެ ޝައުގުވެރިކަން އެބަހުންނެވި ކަމަށް މިހާރުގެ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ފައިސަލް ވިދާޅުވީ މި ދައުރުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި އެ މަސައްކަތްތަކަކީ ކުރިޔަށްގެންދަން ޖެހޭ މަސައްކަތްތަކެއް ކަމަށެވެ. އޭގެ ތެރޭގައި ޒުވާނުން މުޖުތަމައަށް ނެރުމާއި، އެމީހުންނަކީ މުޖުތަމައަށް ބޭނުންވާ ކަހަލަ ބައެއް ކަމަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި، ސްކޫލު ދައުރުން ފެށިގެން ކުދިން މަސައްކަތްތައް އަހުލުވެރިކުރުމާއި، ޓޫރިޒަމް ދާއިރާ އެކި މަގާމުތަކަށް އިތުރަށް މީހުން ތައްޔާރުކުރުމުގެ މަސައްކަތްތައް ހިމެނޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.

“ އެހެން ބައިވަރިކަންކަން އެބަހުރި. އެދެނީ އަޅުގަނޑު ވެސް އެމަސައްކަތް ކުރުމުގެ ފުރުސަތު ލިބުން. ޝައުގުވެރިކަން އެބަހުރި“ ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ ރައީސް ޞާލިޙްގެ މަސައްކަތްފުޅު ވަރަށް ގާތުން ފެނިވަޑައިގަންނަވާ ކަމަށާއި، އެމަނިކުފާނަކީ ރައްޔިތުންނަށް ހެޔޮ، އަމަލު ގިނަ ބަސްމަދު ބޭފުޅެއް ކަމަށެވެ. އަދި އެންމެ ރަނގަޅު ގޮތަކީ ރައީސް ޞާލިޙް ދެވަނަ ދައުރަކަށް އިންތިޚާބު ކުރުން ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!