ރައީސް ކަމަށް 5 އަހަރު ދިގުކަމަށް ބުނި އިބުރޭ 5 އަހަރު މާ ކުރު ކަމަށް ބުނެފި
ދެންމެ | 10 އޯގަސްޓް 2023

ކޮންމެ 5 އަހަރަކުން ސަރުކާރު ބަދަލުވެގެންދާނަމަ ތަރައްޤީގެ މަޝްރޫއުތައް ހުއްޓޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ގއ.ނިލަންދޫގައި ކުރިއަށްދިޔަ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހީމް ވިދާޅުވީ، ރާއްޖޭގެ ރަށްރަށުން ރައްޔިތުންނަށް ބޭނުންވެފައިހުރި އަސާސީ ހުރިހާ ހިދުމަތެއް ފުރިހަމަވެ ނިމެމުންދާކަމަށެވެ. އެހެން ނަމަވެސް، ކޮންމެ 5 އަހަރަކުން ވެރިކަން ބަދަލުވާނަމަ ކުރެވޭ މަސައްކަތްތައް ހުއްޓިގެންދާނެ ކަމަށް ރައީސް އިބްރާހީމް ވިދާޅުވިއެވެ.

”މިއަދު އަޅުގަނޑުމެން މިވަނީ ގިނަ މަސައްކަތްތަކެއް ކުރަން ފަށާފައި. އޭގެ ގިނަ މަސައްކަތް ނިމިއްޖެ. ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ކޮންމެ ފަސް އަހަރަކުން ސަރުކާރު ބަދަލުވަމުންދާ ކަމަށްވާ ނަމަ، އެކަންކަން ހުއްޓިގެންދާނެ. އެކަން އަޅުގަނޑުމެން ތަޖުރިބާކޮށްފިން.“ ރައީސް ވިދާޅުވިއެވެ.

އަދި މި ސަރުކާރު ބަދަލުނުވާނެ ގޮތަކަށް ވޯޓު ދެއްވުމަށް ރައްޔިތުންގެ ކިބައިން ރައީސް އިބްރާހީމް އެދިވަޑައިގެންނެވިއެވެ.

މިމޭރުމުން ވާހަކަ ދެއްކެވިއިރު މީގެ ކުރިން ރައީސް އިބްރާހީމް ވަނީ 5 އަހަރުގެ ދައުރެއް މާ ދިގު ކަމަށް ވިދާޅުވެފައެވެ.

”މިއަދު އަޅުގަނޑުމެން މިވަނީ ގިނަ މަސައްކަތްތަކެއް ކުރަން ފަށާފައި. އޭގެ ގިނަ މަސައްކަތް ނިމިއްޖެ. ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ކޮންމެ ފަސް އަހަރަކުން ސަރުކާރު ބަދަލުވަމުންދާ ކަމަށްވާ ނަމަ، އެކަންކަން ހުއްޓިގެންދާނެ. އެކަން އަޅުގަނޑުމެން ތަޖުރިބާކޮށްފިން.“ 2019 ވަނަ އަހަރު ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި ޖަޒީރާ ހޮޅުއަށީގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހީމް ވިދާޅުވިއެވެ.

ރައީސް އިބްރާހީމަކީ ކުރިން ދައްކަވާ ވާހަކަތަކާއި ގެންގުޅުއްވާ ސިޔާސަތުތައް ވަރަށް ގިނައިން ބަދަލުކުރައްވާ ބޭފުޅެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!