ޑިމޮކްރެޓުންގެ ބޯހިޔާވެހި ވައުދު އިއުލާން ކުރަނީ
ދެންމެ | 27 އޯގަސްޓް 2023
ދަ ޑިމޮކްރެޓްސް އިން މިރޭ އެ ޕާޓީގެ ބޯހިޔާވަހިކަމާ ގުޅޭ މާލެއަށް ހާއްސަ ސިޔާސަތު ”ވެށިފަހި މާލެ ވިޝަން“ އިފްތިތާހުކުރާނެކަމަށް ބުނެފިއެވެ.

އެ ޕާޓީން ބުނީ ވެށިފަހި މާލެ ސިޔާސަތުގެ ގެ ދަށުން ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށެވެ.

މި ސިޔާސަތަކީ އަބުރު ވެރިހަޔާތެއް ހޯދައިދިނުމަށް އެ ޕާޓީން ވެފައިވާ ވައުދާގުޅުންހުރި ވައުދެއްކަމަށް ވެސް ޑިމޮކްރެޓްސް އިން ބުނެއެވެ.

އެ ސިޔާސަތު އާންމު ކުރާނީ މިރޭ 8:30 ގައި މާލޭ ރާޅުގަނޑު، ބިރިޖް ވިއު ޕްލެޓްފޯމް ގައިކަމަށް އެ ޕާޓީން ބުނެއެވެ.

ސިޔާސަތު އާންމު ކުރައްވާނީ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓު އިލްޔަސް ލަބީބް އެވެ. އޭނާއާއެކު ރަނިންމޭޓު ހުސެއިން އަމްރު މުހައްމަދު ރަޝާދު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!