ޑިމޮކްރެޓިކުން މެކުހަން، ދިދަ ފެހުމާއި ބެނާ ތައްގަނޑު ޖެހުމަށް ރައީސް ނަސީދު ނިކުންނަވައިފި
ދެންމެ | 04 ސެޕްޓެމްބަރ 2023

ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓުންގެ ބެނާތައް ތައްގަނޑު ޖުހުމަށާއި އެޕާޓީގެ ދިދަތައް ތައްޔާރު ކުރުމަށް ރައީސް ނަސީދު ނިކުންނަވައިފި އެވެ.

ސޯސިއަލް މީޑިޔާއިން އާއްމްވެފައިވާ ފޮޓޯތަކާއި ވީޑިޔޯތަކުން ފެންނަ ގޮތުގައި ކެމްޕޭން މެޓީރިއަލް ތައްޔާރު ކުރުމުގެ މަސައްކަތުގައި އެމަނިކުފާނު ދަނީ އަމަލީ ގޮތުން މަސައްކަތް ކުރައްވަމުން ނެވެ.

ޑިމޮކްރެޓިކް ކެޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް އެމަނިކުފާނު ދަނީ ޕިކަޕެއްގައި މާލޭ މަގުތަކަށް ނިކުމެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ކެމްޕޭން ކުރައްވަމުން ނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!