ދިއްދޫ ސިޓީއަކަށް ބަދަލުކޮށް، ބާޒާރު ބަދަރަކާއި 15 ބުރީގެ ކޮންޑޯ ގާއިމް ކުރާނަން: އަމްރް
ދެންމެ | 05 ސެޕްޓެމްބަރ 2023

އުތުރުގެ ދެވަނަ ސިޓީއެއްގެ ގޮތުން ދިއްދޫ ތަރައްގީކޮށް ސިޓީއެއް ދަރަޖަދީ ސިޓީއަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމް ކުރުމަށް ޑިމޮކްރެޓިކް ޕާޓީގެ ރަނިންގ މޭޓް ހުސެއިން އަމްރް ވިދާޅުވެއްޖެ އެވެ.

އަމްރް ވިދާޅުވީ އެރަށުގެ ބަނދަރު، މުދާ އަރުވާ ބޭލުމަށް ބޭނުންވާ ވަސީލަތްތަކާއި ބަލްކު މުދާ ގުދަން ކުރާނެ ވެއާ ހައުސްތަކާއި ބަނދަރުމަތީ ފިހާރަތަކާ އެކު ފުރިހަމަ ބާޒާރު ބަނދަރަތަކަށް ތަރައްގީ ކުރަން ވެސް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ދިއްދޫ އަދި ކުޅުދުއްފުށީ ހިމެނޭ ގޮތަށް  1،000 ކޮންޑޯ ޔުނިޓް ގާއިމް ކުރުމަށް ނިންމާފައިވާ ކަަމަށް އަމްރް ވިދާޅުވި އެވެ.

އެމަނިކުފާން ވިދާޅުވީ އެންމެ ފަޅުގެތައް ގިނަ ކޮށިތަކާއި މީހުން ގިނަ ތޮއްޖެހިފައިވާ ކޮށިތައް ދެނެގަނެ އެ ތަންތަނަށް އަދުލުވެރި ބަދަލުދީ، ހުސްކުރުމަށް ފަހު 15 ބުރީގެ ޒަމާނީ ކޮންޑޮމީނިއަމް އިމާރާތްތަކެއް ޑޭކެއާ ސެންޓަރުތަކާއި އެލްޑާ ކެއާ ސެންޓަރުތަކާއި ޖިމްތަކާއި ފިހާރަތަކާއި ޕާކިން ޖާގައާ އެކު ދިއްދޫ އަދި ކުޅުދުއްފުށީގައި ގާއިމްކުރަން ނިންމާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!