މާލޭގެ މެޖޯރިޓީ ޑިމޮކްރެޓިކްސް ނަނގާނެ: ރައީސް ނަސީދު
ދެންމެ | 06 ސެޕްޓެމްބަރ 2023

މާލެ ސިޓީގެ މެޖޯރިޓީ ރިޔާސީ އިންތިހާބުގައި ދަޑީމޮކްރެޓްސްއަށް ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

 

ދަ ޑިމޮކްރެޓްސްގެ ފަރާތުން މިއަދު މާލޭގެ މަޖީދީ މަގުގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް އަދި ރަނިންގމޭޓް ޙުސައިން އަމްރުގެ ޕޯސްޓަރ ހަރުކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

 

ދަ ޑިމޮކްރެޓްސްގެ ބެނަރ ހަރުކުރުމުގެ އިވެންޓްގައި ބައިވެރިވެ ވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ މާލޭގެ މެޖޯރިޓީ ދަ ޑިމޮކްރެޓްސްއަށް ލިބިގެންދާނެ ކަަމަށެވެ.

އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި މާލޭން އަޅުގަނޑުމެންނަށް އެއްވަނަ ލިބޭނެ. އިރާދަކުރެއްވިއްޔާ މާލޭގެ މެޖޯރިޓީ އިލްޔާސް ލަބީބަށް ލިބޭނެ

– ރައީސް ނަޝީދު –

ރައީސް ނަޝީދު ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ވެށިފަހި މާލޭގެ ސިޔާސަތާއި، އުތުރާއި ދެކުނުގެ ތަސައްވަރާއި ގުޅުންހުރި ސިޔާސަތު އާންމުކުރުމާ އެކު އާންމު ރައްޔިތުންގެ ޝައުގުވެރިކަން ޑިމޮކްރެޓްސްއަށް ބޮޑުވެ، ތާއީދު އިތުރުވެފައިވާ ކަމަށެވެ.

ދަ ޑިމޮކްރެޓްސްއިން މާލޭގައި ރައީސް ނަޝީދު އިސްވެ ހުންނަވައި ސިޔާސަތުތައް އާންމުކޮށް، އެޕާޓީގެ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ހައުސް އޮފް ޑިމޮކްރެޓްސްގައި ހަރުގެ ޖަލްސާ ބޭއްވުމާއި، ރަށްރަށަށް ކެމްޕޭން ޓީމްތައް ދަތުރުކޮށް ސިޔާސަތުތަކާ ބެހޭ މައުލޫމާތު ހިއްސާކުރުން ހިމެނެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ މިމަހުގެ 9 ވާ ހޮނިހިރު ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!