ރައީސް އިބުރޭ އެއް ބުރުން ’އައުޓު‘ ވާނެ ތަ!
ދެންމެ | 07 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު ރައީސް އިބުރޭ ތާއީދު ވަނީ އިންތިހާއަށް ދަށަށް ގޮސް ފުރަތަމަ ބުރުން އިންތިހާބުން ވަކިވާން ޖެހިދާނެ ކަމަށް ދިރާސާތަކުން ދައްކައިފި އެވެ.

ނޫސްތަކުގެ ކޮމެންޓް ސެކްސަނާއި ސޯސިއަލް މީޑިޔާ އާއި ރަށުތެރޭގެ ވާހަކަތަކަށް ބަލާއިރު ރައީސް އިބުރޭ ދެވަނަ ބުރަށް ދަތުރު ކުރުމަކީ އިންތިހާއަށް ނާދިރު ކަމެވެ.

ރާއްޖޭ ސިޔާސީ މަސްރަހް ދިރާސާ ފުންނާބު އުސް ބޭފުޅަކު ބުނީ ރިޔާސީ ބަހުސަށް ފަހު ރައީސް އިބުރޭގެ މަގުބޫލުކަން ހެސްކިޔާފަ ދަށަށް ސޮއްސާލާފައިވާ ކަމަށެވެ.

“ ޑރ. ވަހީދަށް ވެގެންދިޔަ ގޮތް އަޅުގަނޑު ހަދާނަށް އަންނަނީ. ހަގީގަތުގައި ރައީސްގެ އަރިހްގައި އޮތް ޓީމު އޮތީ އެއްކޮށް ފެއިލްވެފަ. އެމީހުން މިހާރު ރައީސަށް ދައްކަނީ ދަޅައެއް. އެއްބުރުން އެއްވެސް ކެނޑިޑޭޓެއް އިންތިހާބު ކާމިޔާބު ކުރުމަކީ ވާނެ ކަމެއް ނޫން.“

އޭނާ ބުނީ އެއްބުރުން އިންތިހާބު ކާމިޔާބު ކާމިޔާބު ކުރާނެ ކަމަށް ދައްކާ ވާހަކަ އަކީ ބިލާހެެއް ކަމަށެވެ.

އޭނާ ބުނީ ރައީސް އިބުރޭ ވެރިކަމަށް އަންނާނެ އެއްވެސް ފޯމިއުލާއެއް ފެނިވަޑައިނުގަންނަވާ ކަމަށާއި މިއަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު ގައުމުގެ ވެރިކަމުގެ ހުވާ ކުރައްވާނީ އާ ރައީސެއް ކަމާއި މެދު ސައްކު ނުހިނގާ ކަމަށެވެ.

އޭނާ ބުނީ މިހާރު ނަތީޖާ ދައްކާ ގޮތުން ރައީސް އިބުރޭ ރިޔާސީ ރޭހްގެ ތިން ވަނަ އަށް ސޮއްސާލާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!