ބަޖެޓް ނެތް، އެވޯޑް ވެސް ނުކުރާ، ވިލުފުށީ އައަރޕޯޓް ބިން ހިއްކުން ކުއްލިއަކަށް ކައުންސިލުން ފަށައި، ރައްޔިތުން ’ގުބޯ‘ ހައްދަނީ
ދެންމެ | 08 ސެޕްޓެމްބަރ 2023

ބަޖެޓް ލިބިފައިނުވާ, އެވޯޑް ނުކުރާ, އެއަރޕޯޓް އަޅާނެ ކުންފުންޏަކާއި ފައިސާ ވެސް ހަމަޖެހިފައިނުވާ ވިލުފުށީ އެއަރޕޯޓް ބިން ހިއްކުމުގެ މަސައްކަތް ފެށިކަމަށް ކުއްލިއަކަށް ވިލުފުށީ ކައުންސިލުން އިއުލާންކޮށް ރައްޔިތުން ’ގުބޯ‘ ހެއްދުމުގެ މަސައްކަތް ފަށައިފި އެވެ.

ވިލުފުށީގައި އެއަރޕޯޓެއް ގާއިމް ކުރުމަށް މިހާތަނަށް ފައިނޭންސް ލިބިފައި ނުވާ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި ކްރޮސް ސަބްސަޓީގެ ދަށުން ވިލުފުށީ އެއަރޕޯޓް ތަރައްގީ ކުރުމަށް ވެސް އެއް ވެސް ކުންފުންޏަކާއި މިއަދާއި ހަމައަށް ހަވާލު ކޮށްފައެއް ނުވެ އެވެ.

އެއަރޕޯޓްތަކަކީ އަޔާޓާ ގަބޫލު ކުރާ ވަކި ފެންވަރެއްގައި ގާއިމް ކުރަން ޖެހޭ ތަންތަނެވެ. އަދި އައަރޕޯޓަކީ އިންޖިނިއަރިންގެ ގޮތުންނާއި ޓެކްނިކަލު ގޮތުގެ އިތުރުން ފައިނޭންސަލް ގޮތުން ވެސް ބިޔަ ބޮޑު އިންވެސްޓްމެންޓެކެވެ.

ދިވެހި ސަރުކާރުން ހިންގާ މި ބިޔަ ބޮޑު މަސްރޫއަށް ފެށުން ވިލުފުށީ ކައުންސިލްގެ ފޭސްބުކު ޕޭޖަށް ދޫކޮށްލުމުން ރައްޔިތުން އަންނަނީ މިކަމާއި ޖޯކް ޖަހައި މަލާމާތް ކުރަމުންނެވެ.

ވިލުފުށީ މީހަކު ބުނީ ދެ އެސްކަވޭޓަރުން ކަހުވާ ފަސްކޮޅަކުން އެއަރޕޯޓެއް އަޅަނީ ކަމަށް ސަރުކާރުން ދަޅަ ދެއްކުމަކީ ރައްޔިތުނަށް ދެވޭ އެންމެ ބޮޑު އަނިޔާ ކަމަށެވެ.

“ ހެޔޮ ނުވާނެ ރައްޔިތުން މިވަރަށް ގުބޯ ހައްދަން. ކަނޑައެޅިގެން އިނގޭ އެއީ މަސްރޫއު ފެށީ ނޫން ކަން. މި ބޮޑު ބިޔަ ރަސްމިއްޔާތަށް ސަރުކާރުގެ ވެރިއަކު ބުރާލައިގެން ވެސް ނައި.“ އޭނާ ބުންޏެވެ.

ޕްލޭނިންގ މިނިސްޓްރީން މިނިސްޓްރީން މިނިސްޓްރީން މިކަމާއި ބެހޭ އެއްވެސް ކަމެއް ހާމަކޮށްފައި ނުވާއިރު މިމަސައްކަތް ފެށިކަން އިއުލާން ކޮށްފައި ވަނީ ވެސް ވިލުފުށީ ކައުންސިލް ފޭސްބުކު ޕޭޖްގައި ހަތަރު ގަނޑު ފޮޓޯއިން ނެވެ.

ވިލުފުށީގައި ކައުންސިލް ޕޭޖުން ހާމަކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބިން ހިއްކުމުގެ މަސައްކަތް ކުރަމުން ގެންދަނީ އެސްކަވޭޓަރެއް ބޭނުން ކޮށްގެން ނެވެ.

ރައީސް އިބުރޭ ގެންދަނީ ވޯޓާއި ދިމާކޮށް ހައްދެއް ސުމާރެއް ނެތި ރައްޔިތުން ގުބޯ ހެއްދުމަށް އެކިއެކި ގޮތް ގޮތަށް މަސައްކަތް ކުރަމުން ނެވެ.

ރައީސް އިބުރޭގެ ސަރުކާރުން ވިލުފުއްޓަށް ވެފައިވާ މައިގަނޑު ވައުދުތައް ފުއްދާފައިނުވާ އިރު ރައީސް އިބުރޭ ވިލުފުއްޓަށް ދިއުމުން ރައްޔިތުން ވަނީ ކަރުދާހްގެ ހޮސްޕިޓަކާއި އެއަރ ޕޯޓެއް ވެސް އަޅާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!