ބަގުރޫޓް ފައްޔާޒު ރޮދިކެނޑި ރަނިންގ މޭޓް އަސްލަމާއި ދިމާއަށް އައުގުރާނަ ގޮވައިފި
ދެންމެ | 09 ސެޕްޓެމްބަރ 2023

އެކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް, ރައީސް އިބްރާހީމްގެ ރަނިން މޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާ ދިމާލަށް އަވަގުރާނަ ގޮވައިފިއެވެ.

 

މައުލޫމާތު ލިބިފައިވާ ގޮތުގައި އިންތިހާބުން ރައީސް އިބްރާހީމް ބޮޑުތަނުން ބަލިވާން ފެށުމުން ފައްޔާޒު ވަނީ އަސްލަމަށް ފޯނު ކުރައްވައި ”ކޮބާ އައްޑޫ ނަގާނަމޭ ކިޔާ ގ* ހ**** އެއް ނޫންހޭ“ ވިދާޅުވެފައެވެ. އަދި މި ނޫން ހަޑިހުތުރު އެއްޗިހިވެސް ވަނީ އަސްލަމާ ދިމާލަށް ކިޔުއްވާފައެވެ.

ފައްޔާޒަކީ ރައީސް އިބްރާހީމްގެ ކެމްޕެއިންގެ އައްޑޫ ކޯޑިނޭޓަރެވެ. ރައީސް އިބްރާހީމްގެ ރަނިންމޭޓަށް އަސްލަމް ހަމަޖެއްސިފަހުން އައްޑޫގެ ކަންތައްތަކުން ފައްޔާޒު ވަނީ ވަރަށް ބޮޑަށް އެއްފަރާތްވެފައެވެ. އަސްލަމް ރަނިންމޭޓަކަށް ނެންގެވުމާ ގުޅިގެން ފައްޔާޒު ވަނީ ވަރަށް ބޮޑަށް ނުރުހުންފާޅުކޮށްފައެވެ.

މިއަދު ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގައި މިހާތަނަށް އިއުލާންކުރެވުނު ނަތީޖާއަށް ބަލާއިރު އިދިކޮޅުގެ ކެންޑިޑޭޓު ޑރ.މުއިއްޒަށް މިހާރު ވަނީ ވޯޓުގެ 45 އިންސައްތަ ކަށަވަރުކުރައްވާފައެވެ. ރައީސް އިބްރާހީމަށް ލިބިފައިވަނީ 39 އިންސައްތައެވެ. ވޯޓުގެ ނަތީޖާ ފެނިފައި ރައީސް އިބްރާހީމަށް ވަނީ ކީރިތިކުރެއްވިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!