ރައީސް ޑރ. މުއިއްޒު، ދިވެހިންނަށް ލިބުނު ރަނެއް މަލެއް!
ދެންމެ | 14 އޭޕްރިލް 2024

ނިމިދިޔަ ރިޔާސީ އިންތިހާބު ރައްޔިތުންގެ ތަނަވަސް އަގުލަބިއްޔަތަކުން ކާމިޔާބުރައްވާ ރާއްޖޭގެ އަލިއްއުލް އަމުރުކަމުގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވި ކުރީގެ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަކީ ވިދާބަބުޅާ ތަރިއެއް ފަދަ ބޭފުޅެކެވެ.

ދިވެހިންގެ ރާއްޖޭގެ ނަމުގައި ވަރުގަދަ ކެމްޕޭނެއް ކުރެއްވުމަށްފަހު އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް ޑރ. މުއިއްޒަކީ ގެއްލެމުންދާ އިސްލާމީ ސިޔާރުތައް އަލުން ރުކުރުވާލާނެ ލީޑަރެވެ.  އެމަނިކުފާނަކީ ގެއްލެމުންދާ ދިވެހިންގެ އަމިއްލަ ވަންތަކަމާއި ދިވެހިވަންތަކަން އަލުން ދިވެހި ގައުމުގައި ފަވާލަދެއްވާނެ ދިވެހިންގެ މަދަދުގާރެވެ.

ތެދެކެވެ. ރައީސް ޑރ. މުއިއްޒު ވެރިކަމަށް އެންމެ ފަސްމަސް ދުވަސް ވެގެން ދިޔައިރު އެމަނިކުފާނު ވަނީ އަމަލާއި ބަހުން ދިވެހިންނަށް މިކަން ސާބިތު ކޮށްދީފަ އެވެ. ދިވެހި މި ގައުމު އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ އަމިއްލަފުޅަށް ކޮޑަށް ނަންގަވައިފި އެވެ. ދިވެހި އަސްކަރިއްޔާގައި ވައިގެ ސިފައިންގެ ވިންގު ގާއިމް ކުރެއްވީ އެންމެ ފަހުގެ އިންސާނުންނާއި ނުލައި އުދުހޭ މަތިންދާ ބޯޓުތަކާއި ވެސް އެކުގަ އެވެ. ދިވެހިންނަށްޓަކައި ސީޕްލޭނުންނާއި އައަރ ޕްލޭނުން އެއަރ އެމްބިއުލައިންސްގެ ހިދުމަތް ގާއިމް ކުރައްވައިފި އެވެ. އެމަނިކުފާނުގެ ހިތްޕުޅުގައި ދިވެހިންނަށް ވަނީ އިންތިހާ ދަރަޖައިގެ ގަދަރާއި ލޯތްބެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހް ދިރާސާ ކުރައްވާ ފުންނާބު އުސް މުފައްކިރަކު ވިދާޅުވީ ރައީސް ޑރ. މުއިއްޒަކީ ދިވެހިންނަށް ލިބުނު ޖަވާހިރެއް ފަދަ ރަނެއް މަލެއް ކަމަށެވެ.

“ ހަގީގަތުގައި ރައީސް ޑރ. މުއިއްޒަކީ ވަރަށް ވަތަނީ ގައުމީ ބޭފުޅެއް. އަޅުގަނޑުމެންނަކީ އަމިއްލަ ފައިމައްޗައް ތެދުވެފައިވާ ގައުމެއްގެ ގޮތުގައި އެމަނިކުފާނު މުޅި ދުނިޔެއަށް ދައްކުވައިދީފި.“ އޭނާ ބުންޏެވެ.

ދިވެހި ގައުމުގެ ދަރިން ދިވެހިގައުމާއި މެދު ފަހުރުވެރިވޭނެ އެތައް އެތައް ކަމެއް އެމަނިކުފާނު ގެންދަވަނީ ކުރައްވަމުންނެވެ. ފުޑުފުޑުވެފައިވާ އިގްތިސާދު ނަގައި ކޮޅަށް ޖެހުމާއި ވަކި ގައުމަކަށް ބަރޯސާވެފައިވާ އޮތުން ނިމުމަކަށް ގެނައުމުގެ ބިޔަ މަސްރޫއު މިއަދު އެމަނިކުފާން ވަނީ ކާމިޔާބު ކުރައްވާފަ އެވެ.

ދިވެހި ގައުމާއި މެދު ރައްޔިތުން ދެކެނީ ފަހްވެރިކަމާއި އެކު އެވެ. ރައީސް ޑރ. މުއިއްޒަށް ދިވެހިންގެ ހިތުގައި މިއަދު އުތުރި އަރަމުން ދަނީ ސުކުރުވެރިކަމުގެ އިހްސާސެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!