އެމްޑީޕީގެ މަޖިލީހުން އޮތީ ސަރުކާރު އަދަގޮނޑި ޖަހާފައި: އިހްސާން
ދެންމެ | 15 އޭޕްރިލް 2024
އިދިކޮޅުގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ނަގިލި ވައްޓާލައިގެން ހިފާއްޓާފައި އޮއްވާވެސް ރާއްޖެ ކުރިއަށްދާ ސްޕީޑު ފެނިވަޑައިގަންނަވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން ވިދާޅުވީ ރައިސް ޑރ. މުޙައްމަދު މުއިއްޒު ރާއްޖޭގެ ޒައާމަތާއި ހަވާލުވެވަޑައިގެން އިރު އެމަނިކުފާނު ހަވާލުވެޑައިގަތީ ”ފަނާކުރަނިވި“ މަޖިލީހަކާއި ކަމަށެވެ.

ނަމަވެސް މި ފިއްތުންތަކާއި ހިފެހެއްޓުން ތަކާއިއެކުވެސް އެމަނިކުފާނު ދިވެހި ރައްޔިތުންގެ ތަރައްގީއަށް ޓަކައި ކުރައްވަމުން އަންނަ މަސައްކަތް ދިވެހި ރައްޔިތުންނަށް ފެނިވަޑައިގަންނާނެ ކަމަށް މިނިސްތަރު ވިދާޅުވިއެވެ.

ފާއިތުވެ ދިޔަ ހަތަރު މަސް ތެރޭގައި ރައްޔިތުންނަށް ވާނީ ރައީސް ދިވެހި ރާއްޖެއަށް ތަރައްގީ ގެންނަން ބޭނުން ފުޅު ވާވަރު ފެނިވަޑައިގަންވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

”މިގޮތަށް ބިނާކުރަނިވި ސިޔާސީ ފިކުރާއި އެކު ހިންގަވާ،“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުން ޕީއެންސީގެ ކެންޑިޑޭޓުންނާއި އެކު ހިންގަވައިގެން ރާއްޖެއަށް ބިނާކުރަނިވި ފިކުރުގެ ތަރައްގީ ގެނައުމަށް މަސައްކަތް ފަށަން ޖެހޭ ކަމަށެވެ.

އަދި ޕީއެންސީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިސް ވެގެން ދާނީ މި ސަރުކާރު ޖަވާބުދާރީ ކުރުވާ މަޖިލީހަކަށްކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވެލައްވަނީ ޒިންމާދާރު ރައްޔިތުންގެ މަޖިލީހެއް ކަމަށެވެ. އަދި ޒިންމާދާރު ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ފިކުރު އިސް ކުރުމުގެ ބަދަލުގައި ދިވެހި ރައްޔިުތުންގެ ލާބައާއި މަންފާއަށް، އަދި ރާއްޖޭގެ ތަރައްގީއާއި، ގައުމަށް ރަނގަޅު ހެޔޮ ގޮތްތައް ހޯދާދިނުމަށް މަޖިލީހުގެ ނިންމުންތައް މަސައްކަތް ކުރާ މަޖިލީހެއް ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!