އެމްޑީޕީން ގޯތި ދިނީ ގުއި ހޮޅިމަތިންނާއި ގުއި ތަފާމަތިން، ދެންޖެހޭނީ ދަނޑިން ތަޅަން: ނަސީދު
ދެންމެ | 20 އޭޕްރިލް 2024

އެމްޑީޕީގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ފެއިލްވެފައިވާކަން ފާހަގަކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީއަށް ވޯޓު ނުދޭންވީ ބައެއް ސަބަބުތައް އެ ޕާޓީގެ ކުރީގެ ރައީީސް މުހައްމަދު ނަޝީދު ވިދާޅުވެދެއްވައިފިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ރޭ ބޭއްވި ”ޑިމޮކްރެޓްސް“ގެ ކެމްޕެއިން ޖަލްސާއެއްގައެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި މާލެ ސަރަހައްދުގައި ހިންގަން އުޅުނު ބޯހިޔާވަހިކަމުގެ މަޝްރޫއު އަކީ ”ވެށިފަހިމާލެ“ އެކަނި ކަމަށާއި، އެކަން ވެސް ނުކުރާ ކަމަށެވެ. އަދި ވެރިކަމުގެ ފަހު ވަގުތު، ބޯހިޔާވަހިކަމުގެ ނަމުގައި ހިންގީ ސިހުރެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

”އެންމެ ފަހުން ބަލާލިއިރުގަ، ގޯތި ދީފައި ހުރީ ނަރުދަމާ މަތިން. ގާދޫ ކޮލުން ގޯތި ކަނޑާފައި އޮތީ. ކާށިދޫ ކަނޑުންނާ.“ ނަޝީދު ވިދާޅުވިއެވެ.

އޭރުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ރަނގަޅަށް ހިންގުނު ނަމަ، މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފްލެޓު އެޅުނީސް ކަމަށާއި، ނަމަވެސް އެއިން އެއްވެސް ކަމެއް ނުކުރެވި، އޭގެ ނަތީޖާއެއްގެ ގޮތުން އަދިވެސް ”އެއްވެސް މީހަކަށް ގެއަކަށް ނުވަދެވޭ“ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީއަށްއެމްއެމްޕީއާރުސީގެ ވައްކަންވެސް ނުބެލުނުކަމަށާ، އެ ވެރިކަމުގައި ހިނގީ އިތުރު ވައްކަން ކަމުގައެވެ.

އަދި އުފެދުނީ ވައްކަމުގެ ނެޓުވޯކެއްކަމަށް ކަމަށް ވެސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!