މުއިއްޒު ސުޕީޑްގައި ފުނަދޫ އާއި ޅައިމަގުގެ ފެނުގެ ނިޒާމު ނިންމާލައިފި
ދެންމެ | 01 މެއި 2024

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ދެ ރަށުގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ އަމަލީ މަސައްކަތް މިއަދު ނިންމާ ކޮމިޝަން ކޮށްފައިވާ ކަމަށެވެ.

އަދި ކޮމިޝަން ކުރުމުގެ މަސައްކަތުގައި މޯލްޑިވްސް ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްއީ) އާއި އެ ވުޒާރާގެ ޓެކްނިކަލް މުވައްޒަފުން ބައިވެރިވި ކަމަށްވެސް ބުނެފައިވެއެވެ.

 

ފުނަދޫ އާއި ޅައިމަގުގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކުރީ މިދިޔަ ސަރުކާރުން 2021 ވަނަ އަހަރުގެ މާރިޗު މަސް ތެރޭގައެވެ. އެފަހަރު  16 އަތޮޅެއްގެ 34 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ހަވާލުކުރިއެވެ.

އެ މަސައްކަތް ހަވާލުކުރީ އިންޑިއާގެ ވިޝްވަރާޖް އެންވިރޮންމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ.

އެ ދެ ރަށުގެ އިތުރުން ހއ.ކެލާގައި ފެނުގެ ނިޒާމު ޤާއިމުކުރުމާ، ހދ.ވައިކަރަދޫގައި ފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތާ ށ.ޅައިމަގުގައި ފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް، ހއ.ބާރަށުގައި ފެނުގެ ނިޒާމު ޤާއިމުކުރުމާއި ށ.ފުނަދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމާ، ނ.މަނަދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ހަވާލު ކުރެވުނެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ 20 މަސްދުވަހާއި 26 މަސްދުވަހާއި ދެމެދުގެ މުއްދަތެއްގައި މަސައްކަތް ނިންމާގޮތަށެވެ. މި 6 ރަށުގެ މަސައްކަތަށް 18،489،229.90 ޑޮލަރު ހޭދަވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!