ގައުމުގެ ވިންދަކީ ކުޑަ ކުދިން: މެޑަމް ސާޖިދާ
ދެންމެ | 03 ސެޕްޓެމްބަރ 2024

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމާއި ގުޅޭ ޤައުމީ އެކްޝަން ޕްލޭން އިފްތިތާހު ކުރައްވަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު ސާޖިދާ ވިދާޅުވީ ކުޑަކުދިންނަކީ މުޖްތަމައުގެ ވިންދުކަމަށާއި އެހެންކަމުން އެކުދިންނަށް ލިބެންޖެހޭ ރައްކާތެރިކަން އެންމެ އެދެވޭ ގޮތެއްގައި ގާއިމްކޮށްދޭންޖެހޭ ކަމަށެވެ.އަދި މިކަމަކީ ވަކި ބައެއްގެ ޒިންމާއެއް ނޫންކަމަށާއި މިއީ އެންމެންގެ މައްޗަށް ވެސް އޮތް އިޖުތިމާއީ ޒިންމާއެއްކަމަށް މެޑަމް ސާޖިދާ ވަނީ ވިދާޅުވެފައެވެ.

މީރުމާ ހޮޓެލްގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޒިންމާ އެއީ އާއިލާއެއްގެ އެކަނި ޒިންމާ އެއް ނޫންކަމަށާއި އިޖުތިމާއީ ކަމެއްގެ ގޮތުގައި ދެކިގެން އެންމެން އެކަމަށް ރައްކާތެރިވާންޖެހޭ ކަމަށެވެ، ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ މުހިއްމުކަން ހާމަކުރައްވައި މެޑަމް ސާޖިދާ ވިދާޅުވީ އެކުދިންގެ ހައްގުތަކަށް އަހައްމިއްޔަތުކަން ދޭމިންވަރު އިތުރުކުރަންޖެހޭ ކަމަށާއި އެކަމާއި ގުޅިގެން އެންމެންވެސް މިހާރަށްވުރެބޮޑަށް ހޭލުންތެރިވާންޖެހޭ ކަމަށެވެ. އަދި އެކުދިންނަށް ލިބޭ އެކި އެކި ގެއްލުންތަކުން އަރައިގަނެ އެކުދިން އަނބުރާ މުޖްތަމައުއަށް ގެނައުމަށް އެންމެންވެސް މަސައްކަތްކުރަންޖެހޭ ކަމަށް ވެސް މެޑަމް ސާޖިދާ ވަނީ ގޮވާލައްވާފައެވެ. އަދި ރައީސް ޑރ.މުހައްމަދު ގެ މެނިފެސްޓޯގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ހަރުދަނާ ފިޔަވަޅުތައް ކަނޑައަޅުއްވާފައިވާނެ ކަމަށް ވެސް މެޑަމް ސާޖިދާ ވަނީ ވިދާޅުވެފައެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް މިއަދު އެކުލަވާލެވުނު މި ޕްލޭންގައި ކުޑަކުދިންނަށް ކުރާ އަނިޔާހުއްޓުވައި، ހިމާޔަތްކޮށް، އެކަމަށް އިޖާބަ ދޭނެ ގޮތްތައް ބަޔާންކުރާނެ ޕޮލިިސީއެއް ވަނީ އާއްމުކޮށްފައެވެ. މިރަސްމިއްޔާތުގައި ގާނާއަށް ނިސްބަތްވާ، ޔުނިސެފްގެ އާ ރެޕްރެޒެންޓިވް އެޑްވާޑް އަޑައި ވަނީ ބައިވެރިވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!