ބެންކޮކުން ބޭރު ނާޗަރަންގީ ސިޓީ ޕަތާޔާގައި އިމްރާން ރެސްޓޯރެންޓެއް ހުޅުވައިފި
ދެންމެ | 16 ސެޕްޓެމްބަރ 2024

އަދާލަތު ޕާޓީގެ ރައީސް އަދި ނިމިދިޔަ ސަރުކާރުގެ ހޯމް މިނިސްޓަރު ޝެއިހް އިމްރާން ޢަބްދުﷲ ތައިލެންޑްގެ ރެޑްލައިޓް ސިޓީއެއް ކަމަށްވާ ޕަޓާޔާގައި ރެސްޓޯރަންޓެއް ހުޅުވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިމްރާން ރެސްޓޯރަންޓް ހުޅުވާފައިވަނީ ބޭރުގެ ހިއްސާދާރަކާ ބައިވެރިވެގެންނެވެ.

އަނބިކަނބަލުން ކިޔަވާ ވިދާޅުވާތީ މިވަގުތު ތައިލެންޑަށް ދިރިއުޅުއްވުން ބަދަލުކުރައްވައިގެން އުޅުއްވާ ޝެއިހް އިމްރާން ހުޅުއްވީ ހަލާލު ކާތޯތަކެތި ވިއްކާ ރެސްޓޯރެންޓެއް ކަމަށްވެއެވެ.

ޕާޓީކުރުމާއި ފާހިޝް އަމަލުތައް އެންމެ ފުޅާދާއިރާއްގައި ހިންގާ ޕަތާޔާގައި ޝެއިހް ރެސްޓޯރަންޓެއް ހުޅުއްވި ސަބަބު އަދި ސާފެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!