މެމްބަރު ޝުޖާއު 8 މިލިޔަނަށް ހުޅުމާލޭން ބިމެއް ބައްލަވައިގެންފި
ދެންމެ | 20 ސެޕްޓެމްބަރ 2024

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު، 8 މިލިއަން ރުފިޔާއަށް ހުޅުމާލެ އިން ބިމެއް ބައްލަވައިގެންފި އެވެ.

އޭނާ ހުޅުމާލެއިން ބައްލަވާގަތީ 2،196 އަކަފޫޓުގެ ބިމެކެވެ. މި ބިމުގެ އަގަށްވާ 8،785،480 ރުފިޔާ އެޗްޑީސީއަށް ދައްކައި ޝުޖާއު ވަނީ ކޯޓު މެދުވެރިކޮށް ބިން މިލްކު ކުރައްވާފަ އެވެ.

ޝުޖާއުގެ ގޯތީގެ މައްސަލަ ސިވިލް ކޯޓުން ނިންމެވީ ގާޒީ ސިނާން އަލީ އެވެ.

ކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ޝުޖާއު ވަނީ ދާދިފަހުން މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރުމާ ދެކޮޅު ހައްދަވާފަ އެވެ. ނަމަވެސް އޭނާ އިންތިހާބުވުމުގެ ކުރިން ވިދާޅުވެފައިވަނީ މެންބަރުންގެ މުސާރަ ކުޑަކުރުމަށް ވަކާލާތު ކުރާނީ ބާރަށު ދާއިރާގެ މައިކުން ކަމަށެވެ.

ވަރަށް ބޮޑަށް ރައީސް މުއިއްޒުގެ ސަރުކާރު ދިފާއުކުރައްވަމުން ގެންދަވާ ޝުޖާއު މިފަހަރު މަޖިލީހަށް ހޮވިވަޑައިގަތުމުގެ ކުރިން ހުންނެވީ މާލެ ސިޓީ ކައުންސިލު މެންބަރެއްގެ ގޮތުގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!