މަރުގެ އިންޒާރާއިއެކު ޓިކްޓޮކް ސަމާ ބިރުގަނެ، ފުލުހުން ތަހްގީގް ފަށައިފި
ދެންމެ | 25 އޮކްޓޯބަރ 2024

ޓިކްޓޮކްގައި އަންހެނަކަށް މަރުގެ އިންޒާރުދިން މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ފުލުހުން މިފަދައިން ހާމަކޮށްފައިވާއިރު، މީސްމީޑިޔާގައި ދައުރުވަމުންދާ ޓިކްޓޮކް ލައިވްއެއްގެ ސްކްރީން ރިކޯޑް ވީޑީއޯގައި ”އަސްލީ“ ނަމަކަށް ކިޔާ އައިޑީއަކުން ”ސަމާމަރިއަމް“ އަށް މަރުގެ އިންޒާރު ދީފައިވެއެވެ.

ޤަބޫލުކުރެވޭ ގޮތުގައި ފުލުހުން ބަލަމުންދަނީ މި މައްސަލައެވެ.

ޓިކްޓޮކް އަކީ ދިވެހިންގެ މެދުގައި މަޤުބޫލު ޕްލެޓްފޯމެއް ނަމަވެސް އެކަކު އަނެއްކަކު ޒުވާބުކުރުމާއި މިފަދަ އިންޒާރުތައް ދިނުން ވަނީ އާއްމުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!