ޙަދީޘްފުޅުގައި އޮތީ މިފަދައިންނެވެ.
عن أم حبيبة قالت قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ حَافَظَ عَلَى أَرْبَعِ رَكَعَاتٍ قَبْلَ الظُّهْرِ وَأَرْبَعٍ بَعْدَهَا حَرَّمَهُ اللَّهُ عَلَى النَّارِ
428 سنن الترمذي كتاب الصلاة
1/554 المحدث الترمذي خلاصة حكم المحدث حسن صحيح في سنن الترمذي
Umm Habibah reported: The Messenger of Allah, peace and blessings be upon him, said,
“Whoever preserves four cycles of prayer before noon prayer and after it, Allah will forbid him from entering the Hellfire.”
Source: Sunan al-Tirmidhī 428
Grade: Sahih (authentic) according to Al-Tirmidhi
މި ޙަދީޘްފުޅުން އެނގިގެންދަނީ މެންދުރުނަމާދުގެ ކުރިން ސުންނަތުގެ 4 ރަކްޢަތާއި އަދި ފަހުން ސުންނަތުގެ 4 ރަކްޢަތް ކުރާމީހާ ނަރަކައިގެ އަލިފާނުން ސަލާމަތްކުރައްވާނެކަމެވެ. އެމީހާގެ ގައިގާ ބީހުން ނަރަކައިގެ އަލިފާނަށް މަނާކުރައްވަވާނެ ކަމެވެ.
މިއީ ހީވާގިވެލައިފި މީހަކަށް އެއްވެސް ދަތިއުނދަގޫކަމެއް ނެތި ކުރެވޭނެ ކަމެކެވެ. މަސައްކަތް ހުރި ގޮތުން ނަމާދު ނިމިގެން ފަހު ސުންނަތުގެ 4 ރަކްއަތް އުނދަގޫވާނަމަ ފަސްކޮށްލައި ޢަޞްރު ވަޤުތު ޖެހުމުގެ ކުރިންވެސް ކޮށްލެވިދާނެއެވެ. ޚާއްޞަ ޙާލަތުގައި ޤަޟާވެސް ކުރެވޭނެއެވެ.
– އިސްލާމީ ތިލަފަތުގެ ދަރުސަކުން