މުހްތާޒްގެ ރައްދު މައުމޫނަށް: ގާނޫނަށް 4 ގަޑިއިރުން ބަދަލު ގެނެސް ސްޕްރީމް ކޯޓަށް ވަކި ބޭފުޅަކު އައްޔަން ކުރުން މައްސަލައަކަށް ނުވި!
ދެންމެ | 22 ނޮވެމްބަރ 2024

ގާނޫނު އަސާސީއަށް ބަދަލު ގެނެސްފައިވާ މައްސަލާގައި ރައީސް މައުމޫން ފާޑުވިދާޅުވެފައިވާތީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

މުހްތާޒް ވިދާޅުވީ ފަޑިޔާރުންގެ ގާނޫނަށް 4 ގަޑިއިރުން ބަދަލު ގެނެސް ސްޕްރީމް ކޯޓަށް ވަކި ބޭފުޅަކު އައްޔަން ކުރުން އޭރު އެމަނިކުފާނަށް މައްސަލައަކަށް ނުވި ކަމަށެވެ.

މުހްތާޒުގެ ރައްދެއް މައުމޫނަށް އަމާޒުވެފައި މިވަނީ 6 ގަޑި އިރުން ގާނޫނު އަސާސީ ބަދަލު ކުރެއްވުމަކީ ރިކޯޑެއް ނޫންތޯ ސުވާލު ކުރައްވާފައި ވަނިކޮންނެވެ.

ޤާނޫނު އަސާސީ އަށް ގެނައި އިސްލާހުތައް ފާސްކުރަން ވަކި ޖަލްސާއެއް ބާއްވައި ބިލް ފާސްކުރުމުން ރައީސް ކުރިން ރޭގެ ވަގުތެއްގައި ވަނީ ބިލް ތަސްދީގު ކުރައްވައި ސަރުކާރުގެ ގެޒެޓްގައި ޝާޢިއު ކުރަށްވާފަ އެވެ. މިއީ މިހާ އަވަހަަށް ޤާނޫނު އަސާސީ އަށް ބޮޑެތި އިސްލާހުތަކެއް ގެނައި ފުރަތަމަ ފަހަރު ވެސް މެއެވެ. ގާނޫނު އަސާސީއަށް ހަގަޑިއިރު ތެރޭގައި އިސްލާހުތަކެއް ގެނައުމާއި ގުޅިގެން ރައީސް މައުމޫން މިއަދު ވަނީ އެކްސް ގައި ޕޯސްޓެެއް ކުރައްވާ އެއީ ދުނިޔޭގެ ރެކޯޑެއްތޯ ސުވާލު ކުރައްވާފަ އެވެ.

”ހަ ގަޑިއިރު ތެރޭގައި ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައި އިސްލާހު ފާސްކުރުން ދުނިޔޭގެ ރިކޯޑެއްތޯ،“ ރައީސް މައުމޫން ސުވާލުކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!