މުލުވަގު ބަގުރޫޓް ފައްޔާޒު ދައުލަތް ބަގަޅާލަން ވެރިކަމަށް ކުރިމަތިލާން ނިންމައިފި
ދެންމެ | 24 ނޮވެމްބަރ 2024

2028ގައި އޮންނަ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރަން ނިންމަވާފައިވާކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދަޅުވެއްޖެއެވެ.

ފައްޔާޒު މިކަން ހާމަކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕަށް ހިއްސާކުރެއްވި މެސެޖެއްގައެވެ. އެ މެސެޖުގއި ފައްޔާޒު ވިދާޅުވީ 2028ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމެރީގައި ވާދަކުރަން ނިންމަވާފައިވާކަަމަށެވެ. އަދި އެކަމުގައި އޭނާއަށް ތާއީދުކޮށްދެއްވުމަށް ފައްޔާޒު ވަނީ އެދިވަޑައިގެންފައެވެ.

ކުރީގެ ރަައީސް އިބްރާހިމް މުހައްމަދު ސާލިހް ދެއްވި އިންޓަވިއުއްގައި ވިދާޅުވީ ރިޔާސީ ރޭހަށް ނުކުމެވަޑައިގަތުމަށް ޝައުގުވެރިކަން ޕާޓީގެ ތެރެއިން ބައެއް ބޭފުޅުން ފާޅުކުރައްވާފައިވާކަމަށެވެ. ސާލިހް ވާދަކުރައްވާނެތޯ ކުރެއްވި ސުވާލަށް އެމަނިކުފާނު ވިދާޅުވީ އެކަމާއި ގުޅޭގޮތުން ނިންމަވާފައިވާ ނިންމެވުމެއް އަދި ހާމަކުރައްވަން ބޭނުންފުޅޫ ނުވާކަމަށެވެ.

2028 ގެ ރިޔާސީ އިންތިހާބުގައި ވާސަކުރައްވާނެކަަން މިހާތަނަށް އިއުލާންކުރައްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!