ރައީސް ޑރ. މުއިއްޒުގެ ހައުސިން މަސްރޫއުތައް ސައުދީއެކު ޖޯޝާއި ފޯރީގައި ފަށައިގެންފި
ދެންމެ | 14 އޭޕްރިލް 2025

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ސަރުކާރުގެ ހައުސިންގ މަޝްރޫއުތައް މިއަދު ފަށައިފިއެވެ.

ކުރީ ސަރުކާރުން ދައުލަތަށް ޖެއްސި ބުރަތަކުގެ ސަބަބުން މަޝްރޫޢުތައް ނުހިންގިގެން އެއްބަޔަކު ޝަކުވާ ވެސް ކުރިއެވެ. އެ ވާހަކަތަކާއި ގުޅިގެން ރައީސް މީގެ ކުރިން ވެސް ވިދާލުވެފައިވަނީ މިއަހަރުގެ ދެވަނަ ކުއާޓާ ފެށޭއިރު މަޝްރޫޢުތައް ފެށިގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މިއީ އެޕްރީލް މަހެވެ. ފުރަތަމަ ކުއާޓަރު ނިމިގެން، ދެވަނަ ކުއާޓަރު ފެށުނުތާ އަދި މިވީ ބަރާބަރު ދެހަފްތާއެވެ. އެހެންކަމުން، ރައީސް ވިދާޅުވި ގޮތަށް ހަމަ އެ މަގުން މިދަނީ ކަންކަން ހިނގަމުންނެވެ.

މިއަދު ފެށި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން މި ފެށުނީ 400 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތެވެ.

މި މަޝްރޫޢު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތީ މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރާއި ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް-މަރްޝަދެވެ.

މި މަޝްރޫޢަކީ ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ މާލީ އެހީތެރިކަމާއެކު ކުރިއަށްގެންދެވޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރައީސް ޑރ. މުޢިއްޒުގެ ޕްލޭނާއެކު އާންމު ރައްޔިތުންނަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!