ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސުވަރުގެ ހަރާމްވާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް، އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ”ފަތުވާ“ އެއް ދެއްވައިފިއެވެ.
ރޭ ކުރީގެ ޔާމީން އިސްކޮށް ހުންނަވައި އުފައްދާފައިވާ ޕާޓީ، ޕީއެންއެފްއިން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޖަމީލް ވަނީ ރައީސް މުއިއްޒަށް ފާޑު ވިދާޅުވެފައެވެ. އަދި ”ކިތަންމެ ވަރަކަށް ޓީވީ އާއި ތަންތަން ހިފައިގެން ގޮސްފައި ފަތިސް ނަމާދަށް ދިޔަސް މަކަރު ހަދާހާ އިރަކު އޭނާގެ [ރައީސް] މައްޗަށް މާތް ﷲ ސުވަރުގެ ހަރާމް ކުރައްވާނެ.“ ކަމަސް ޖަމީލް ވިދާޅުވިއެވެ. ޖަމީލް ވިދާޅުވީ އެއީ ހަދީސްކުރައްވާފައިވާ ގޮތް ކަމަށެވެ.
ޖަމީލް އެފަދައިން ވިދާޅުވާ ވީޑިއޯ ވެސް މީސްމީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.
އެ ވީޑިއޯއާއި ގުޅިގެން އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވީ، އެދަރަޖައަށް އަދި ބަޔަކުވެރިކަމަށް މަސްތުވެފައި ތިއްބަކަ ދެކިވަޑައިނުގަންނަވާ ކަމަށެވެ. މާޒީގައި ރާއްޖޭގައި ވެރިކަންތަށް ބަދަލުކުރަން ލައްކަގިނަ ގޮތްގޮތައްވަނީ މަސައްކަތްކޮށްފައި ކަމަށާއި މިއަދުގެ ރައީސް ވެރިކަމުން ދުރުކުރަން ސިހުރުހަދާ ވަގަށް ގޮވާ ވަގުބަދުނާމުއަޅުވާ މަލާމަތްކޮށް މިހެންގޮސް ވެރިއަކު ވެރިކަމުންދުރުރުކުރަން ކުރެވެން އޮއިތްހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ.
”އެކަންނުވީމަ މިފެށީ ރައީސް މަރުވުމަށްއެދި ދުއާކުރަން މިވަރުގެ ނުބައި ޖާހިލުންތަކެއްނުދެކެން ތީމިނިވަންކަމެއްނޫން މިފަދަނުބައިދޮގު ހަގީޣާތާ ޙީލާފު ވާހަކަދައްކާ ފަރާތްތަކާ ނޫސްތަކާ ޓީވީޗެނަލް ތަކަށް މިމައްސަލަތަށްބަލާ ހަރުކަށި ފިޔަވަޅުއަޅަން ކަމާގުޅުންހުރިހުރިހާ ފަރާތްތަކަށްގޮވާލަން. ދައުލަތެއް ލޫޓުވާލައިގެން ހަދާފައިވާ ގެއެއްގަ ތިބެ ތިފަދަ ނުބައި ވާހަކަތަކާ ނުބައި ފަސާދައުފައްދާއިރު ބޯމަތީ އެހެންފަންގިފިލާތަކެށްހުރިކަން ހަނދާންކޮށްލުން ވަރަށްމުހިއްމު އިންސާފު ދާދިއަވަހަށް އަރާހަމަކުރާނެ.“ ފަލާހް ވިދާޅުވިއެވެ.
އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ރައީސް ޑރ. މުއުއްޒު ދެކެ ހިތްހަމަ ނުޖެހިގެން ޖަމީލް އުޅެންފެށީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ނުދީގެން ކަމަށެވެ. އަނގަ ހުތުރު، ތަނެއްދޮރެއް ނޭނގޭ މީހުންނަށް އެ މަގާމު އަދާކުރެވޭނެހޭ ބުނި ހިސާބުން ”ހާޑުވިގޮތައް“ އެއުޅެނީ ބުއްދިފިލާގޮސްގެން ކަމަށް ވިދާޅުވިއެވެ.