ދީނީ އިލްމުވެރިޔަކަށް އަނިޔާ ނުކުރައްވާނެ ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެ
ދެންމެ | 18 ޖުލައި 2022

ދީނީ އިލްމުވެރިޔަކަށް އަނިޔާ ނުކުރައްވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވެފައިމިވަނީ ޔޯގާ ދުވަހުގެ ހަރަކާތަށް ހުރަސްއެޅި ކަމަށް ބުނެ ޝެއިޚް އާދަމް ނިޝާނާއި، ޝެއިޚް ފަޟްލޫން މުހައްމަދު ބަންދުގައި ތިބުމާއި ގުޅިގެން އިމްރާނަށް ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް މީހަކަށް ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިއަކަށް އަނިޔާ ނުކުރައްވާނެ ކަމަށެވެ. އަދި އަނިޔާ ލިބޭ މީހުންގެ ދުއާ އިން ރައްކާތެރިވުމަށް އަބަދު ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރުންނަށް އިލްތިމާސް ކުރައްވާ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ޝައިހް ނިޝާން އާއި ފަޒްލޫން ހައްޔަރުކޮށްފައިވާއިރު އިސްލާމިކް މިނިސްޓްރީން ވަނީ އެ ދެ ބޭފުޅުންނަށް ދޫކޮށްފައިވާ ދަރުސް ދިނުމުގެ ހުއްދަ ވެސް ވަގުތީ ގޮތުން ސަސްޕެންޑްކޮށްފަ އެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު 20 މީހަކު ތިބިއިރު، މި މައްސަލައާ ގުޅިގެން އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!