ރައީސް ނަސީދު ބުނަނީ މާދަމާ އޮތީ ވައްކަމާއި ދެކޮޅަށް ވަގުންނާއި އެކު ކުރާ މުޒާހަރާއެއް ކަމަށް ވިދާޅުވެ އެމްޑީޕީ ފައުންޑަރ ގޯގޯ ލަތީފްގެ ދަރިކަނބަލުން ޖެނިފަރ ލަތީފް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.
ޖެނިފަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައި ވަނީ މާދަމާގެ މުޒާހަރާއަކީ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންނާއި އެމްޑީޕީ މެމްބަރުން އެއްވުމަށް ބާއްވާ ހަރަކާތެއް ކަމަށެވެ.
ޖެނިފަރ ބުނީ ފުރަތަމަ އެއްވުމަކީ ހިޔާލުފާޅު ކުރުން ހަނިކުރުމާއި ދެކޮޅަށް ބާއްވަން ކަނޑައެޅި އެއްވުމެއް ނަމަވެސް މިހާރު އެއްވުމުގެ މަގުސަދު ބަދަލުވެފައިވާ ކަމަށެވެ.
“ރައީސް ނަސީދު މިބުނަނީ ކޮރަޕްޝަނާއި ދެކޮޅަށް ކަރަޕްޓް މީހުންނާއިއެކު ނިކުންނަ މުޒާހަރާއެކޭ.“ ޖެނިފާ އެކްސް ޕޯސްޓްގައި ބުނެފައި ވެއެވެ.
ޖެނިފާ ބުނީ ވާއެއް ނުވާއެއް ނޭނގޭ ކަމަށެވެ.
ގުޅުންހުރި ލިޔުންތައް



