ކުޅުދުއްފުށިން ގެއްލުނު އުމުރުން ދުވަސްވީ މީހަކު މޫދު އަޑިން ފެނިއްޖެ
ދެންމެ | 15 އޭޕްރިލް 2026

ކުޅުދުއްފުށި ސިޓީން މިއަދު ގެއްލިގެން ހޯދަމުން ދިޔަ 59 އަހަރުގެ ދިވެހި ފިރިހެނަކު، މޫދު އަޑިން ފެނިއްޖެ އެވެ.

ފުލުހުން ބުނީ އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނިފައިވަނީ މިއަދު 15:00 އެހައިކަންހާއިރު ބޮޑަވަކިވާ ބީޗް މޫދު އަޑިންކަމަށެވެ.

ފުލުހުން ބުނީ އެ މީހާ މިހާރު ވަނީ ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ. އެ މީހާގެ ހާލަތާ ގުޅޭ މައުލޫމާތެއް ފުލުހުން ދީފައިނުވެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!