މިދިޔަ މަހު ފުލުހުންނަށް 874 މައްސަލަ ހުށަހަޅައިފި
ދެންމެ | 02 މެއި 2026

މިދިޔަ މަހު ފުލުހުންނަށް 800 ވުރެ ގިނަ މައްސަލަ ހުށައަޅާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ ވަނީ 874 މައްސަލައެއް ހުށައަޅާފައެވެ.

ފުލުހުންގެ ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެންމެ ގިނައިން ހުށައަޅާފައިވަނީ އެކްސިޑެންޓްތަކުގެ މައްސަލައެވެ. އެގޮތުން ފުލުހުންނަށް ރިޕޓްކުރި 240 މައްސަލައަކީ އެކްސިޑެންޓްތަކާ ގުޅުންހުރި މައްސަލަތަކެވެ.

ދެވަނައަށް އެންމެ ގިނައީ ވައްކަމުގެ މައްސަލައެކެވެ. މިދިޔަ މަހު ވައްކަމުގެ 236 މައްސަލައެއްް ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ދެން އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލައެވެ. މިދިޔަ މަހު އެކަނިވެސް މަސްތުވާތަކެތީގެ 169 މައްސަލައެއް ހުށައަޅާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެއިތުރުން އެއްޗެހި ގެއްލިގެން 75 މައްސަލައަކާއި އަނިޔާ ކުރުމުގެ 37 މައްސަލައަކާއި މުދަލަށް ގެއްލުން ދިނުމުގެ 37 މައްސަލަ ހުށައަޅާފައިވާކަމަށް ފުލުހުންގެ ހިސާބުތަކުން ދައްކައެވެ. އަދި ޖިންސީ ގޯނާގެ 24 މައްސަލައަކާއި ގެވެށި އަނިޔާގެ 22 މައްސަލައަކާއި މަކަރާއި ހީލަތް ހެދުމުގެ 16 މައްސަލައަކާއި ފޭރުމުގެ 16 މައްސަލައަކާއި ފޯޖް ކުރުމުގެ 2 މައްސަލައެއްވެސް މިދިޔަ މަހު ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!