އިސްރާއީލް ފުޑާލާނެ ކަމުގެ އިންޒާރު އީރާނުން ދީފި
ދެންމެ | 02 ޖޫން 2026

އިސްރާއިލުން ލުބްނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނުގެ އަވަށްތަކަށް ހަމަލާ ދީފިނަމަ، އިސްރާއީލަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުގެ ސެންޓްރަލް މިލިޓަރީ ކޮމާންޑުން ދީފިއެވެ.

ޚަތަމް އަލް އަންބިޔާ ސެންޓްރަލް ހެޑްކްއޯޓާޒްގެ ކޮމާންޑަރު ވިދާޅުވީ މިއީ އިސްރާއިލުގެ ސިފައިން ދާހިއްޔާގެ ރައްޔިތުން ގެދޮރު ދޫކޮށް ދިއުމަށް ނެރުނު އަމުރު ކުރުމާ ގުޅިގެން ދިން އިންޒާރެއް ކަމަށެވެ.

”ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ސަރުކާރުން ތަކުރާރުކޮށް ހިލާފުވަމުންދާތީ، މި އިންޒާރާއި އެއްގޮތަށް ހަމަލާތައް ދީފިނަމަ، އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނާއި، ހިފާފައިވާ ސަރަހައްދުތަކުގައިވާ އިސްރާއީލުގެ އަސްކަރީ ތަންތަނުގައި އުޅޭ މީހުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އަޅުގަނޑުމެން އިންޒާރު ދެން،“. އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!