މަލޭގެ ބޭރުމަގު ނިމުމުން މަލަމަތި ފެންނަނީ ފެހިކުލައިގެ ގަސްތަކުން: ރައީސް
ދެންމެ | 05 ޖޫން 2026
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމޭއިރު މާލޭގެ މަލަމަތި ފެންނަނީ ފެހި ގަސްތަކުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްްޖެއެވެ.

އެވަގުތެއްގައި ރައްޔިތުންގެ ވިންދު އެކަމަކާ ގުޅިފައިވާ ދާއިރާއަކަށް ހާއްސަކޮށްގެން، މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުން ’ޕަލްސް‘ ގެ ނަމުގައި ފެށި ހާއްސަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަމުން އަންނަނީ ގްރީން ބްލެޓްގެ ކޮންސެޕްޓަށްކަމަށެވެ.

އެގޮތުން މީގެ ކުރިންވެސް އެމަގުގައި ގަސްހުރި ނަމަވެސް މިހާރު އަލުން މަގު ނިމޭއިރު ކުރިޔަށްވުރެ ގަސް ގިނަވެ މާލޭގެ މަލަމަތި ގަސްތަކުން މާ ހިތްގައިމުކޮށް ފެންނާނެކަަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

”ގަސް އިންދުމުގައި، ބޮޑެތި ޕޮޓްތަކުގައި، ބޮޑެތި ގަސް ޖަހާފައި، ވަކި ބަރިއަކަށް، ބިންމަތީގައި އިންދާ ގަސްތައް ހުންނާނީ ވަކި ދުރުމިނެއްގައި މެދުގައި ޕޮޓްތައް ހުންނާނީ، ތަންކޮޅެއް ފެހި ބެލްޓެއް ގޮތަށް ފެންނާނީ، ކުރިއަށް ވުރެއް ހިތްގައިމުކޮށް،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

މިއަދު ފާހަގަކުރާ ތިމަވޭސީގެ ދުވަހާއި ގުޅުވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ މި ސަރުކާރުން ކުރިޔަށް ގެންދާ 5 މިލިއަން ގަސް ޕްރޮގްރާމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ގޮވާލާފައެވެ. އަދި ހާއްސަކޮށް ޒުވާނުން އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

your image

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮތް ސަރަހައްދުގައެވެ. އެ މަސައްކަތް ފެށީ މާރިޗު މަހުގެ 24 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!