ވޯލްކަޕްގެ އެންމެ ގިނަ ގޯލްޖެހި ރިކޯޑް މެސީ މުގުރާލައި، ރޮނާލްޑޯގެ ސަޕޯޓަރުންގެ ހިތް ފިސްފިސްކޮށް، ޗިސްޗިސް ކޮށްފި
ދެންމެ | 23 ޖޫން 2026

ވޯލްޑްކަޕްގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ޝަރަފު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހޯދައިފިއެވެ.

މި ފަހަރުގެ ވޯލްޑްކަޕަށް އާޖެންޓީނާ ނުކުތް އިރު މެސީ އޮތީ ވޯލްޑްކަޕްގައި އެންމެ ގިނަ ގޯލު ޖެހި ތިންވަނަ ކުޅުންތެރިޔާގެ ގޮތުގައެވެ.

ވޯލްޑްކަޕްވައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމު މެސީ ހޯދީ މިއަހަރުގެ މުބާރާތުގައި އާޖެންޓިނާ ކުޅުނު ފުރަތަމަ މެޗްގައި އަލްޖީރިޔާ ކޮޅަށް ތިން ލަނޑު ޖަހާ ހެޓްރިކް ހެދުމަށްފަހު ދެވަނަ މެޗުގައި ޖެހި ގޯލާއިއެކުއެވެ.

ވޯލްޑްކަޕްގައި މިހާތަނަށް އެންމެ ގިނަ ގޯލް ޖެހިކަމުގެ ރެކޯޑް އޮތީ ޖަރުމަނުގެ މިރޮސްލާވް ކްލޯސޭއާގެ އަތުގައެވެ. އޭނާވެސް ވޯލްޑްކަޕްގައި 16 ގޯލު ޖަހާފައެވެ.

މިރޭ އޮސްޓްރީއާ ކޮޅަށް މެސީ ޖެހި ލަނޑާއި އެކު އޭނާ މިވަނީ ވޯލްޑްކަޕްގައި 17 ގޯލް ޖަހާފައެވެ.

މިރޭގެ ލަނޑާއި އެކު މެސީ މިވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް 112 ގޯލު ޖަހާ ދީފައެވެ. އަދި މީ މެސީ ގައުމީ ޓީމަށް ކުޅެދިން 201 ވަނަ މެޗުވެސް މެއެވެ. އަދީ މީ މެސީ ވޯލްޑްކަޕް ކުޅޭ 6 ވަނަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!