ފީފާއިން އާޖެންޓީނާ އާއި މެސީ މޮޅު ކޮށްދެނީ ރައީސް ޑރ. މުއިއްޒާއިއެކު އިންފެންޓީނޯ ހެދި ޑީލަކުން ތަ!
ދެންމެ | 13 ޖުލައި 2026

ފީފާއިން އާޖެންޓީނާއި މެސީ މޮޅު ކޮށްދެނީ ރައީސް ޑރ. މުއިއްޒާއިއެކު އިންފެންޓީނިއޯ ހެދި ޑީލަކުން ހެއްޔެވެ!

ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ މަގާމުގައި މިހާރު ހުންނެވި މ. ދިމްޔާތު ޑރ. މުހައްމަދު މުއިއްޒަކީ އާޖެންޓީނާ އާއި މެސީގެ އާދަޔާ ހިލާފް ސަޕޯޓަރެކެވެ.

ވޯލްޑްކަޕް ފެށުމުގެ ކުރިން ވެސް ރައީސް ޑރ. މުއިއްޒު ވަނީ އެމަނިކުފާނު ސަޕޯޓް ކުރަނީ އާޖެންޓީނާ އާއި މެސީއަށް ދުނިޔެއަށް ހާމަކޮށްފަ އެވެ. ވޯލްޑްކަޕްގެ ފޯރިގަދަވެފައިވާއިރު މިހާރު އާޖެންޓީނާ ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މި ވޯލްކަޕްގެ ތަށި ނަނގާނީ އާޖެންޓީނާ އެވެ.

ރައީސް ޑރ. މުއިއްޒަކީ އާޖެންޓީގެ އާދަޔާ ހިލާފް ސަޕޯޓަރަކަށް ވެފައިވާއިރު ވޯލްޑްކަޕް ފެށުމުގެ ކުރިން ފީފާގެ ރައީސް އިންފިންޓޯނިއޯ ވަނީ ކުއްލި ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން ރައީސް ޑރ. މުއިއްޒާއި ބައްދަލުކޮށް އެކުގައި ގިނަގުނަ ހަރަކާތްތަކެއް ހިންގާފަ އެވެ.

ފުޓްބޯޅަ ދިރާސާ ކުރާ މުހައްލިލުން ބުރަވާ ގޮތުގައި ވޯލްޑްކަޕްގެ ފޯރި ދުނިޔޭގައި ގަދަވެފައި ނުވަނީސް އިންފިންޓޯނިއޯ ރާއްޖެއަށް ކުރި ދަތުރުގައި އާދަޔާ ހިލާފް ކަމެއް ހިނގާފައިވުން އެކަށީގެން ވެއެވެ.

ލަގްޒަރީ ޓޫރިޒަމްގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ދިވެހިރާއްޖެއަށް ފީފާގެ ރައީސް ކުރެއްވި ދަތުރުފުޅަށް މިއަދު ނަޒަރު ހިންގާލާއިރު އެމަނިކުފާއި ރައީސް ޑރ. މުއިއްޒާއިއެކު ފެނިގެންދިޔަ ގުޅުމަކީ އާދަޔާ ހިލާފް ގުޅުމެއްގެ މިސާލެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!