ކުޅުދުއްފުށީ ސިޓީއަށް އެތެރެނުކުރަން ބާރު އަޅާ މުދާ ފިޔަވައި އެހެން ހުރިހާ މުދަލެއްގެ ޑިއުޓީ ކަނޑާލާނެ ކަމަށް ޑިމޮކްރެޓިކް ޕާޓީން ބުނެފި އެވެ.
އެޕާޓީގެ އިގްތިސާދީ މެނިފެސްޓޯގައި ބުނެފައި ވަނީ ކުޅުދުއްފުށީ ބަދަރު ތަރައްގީ ކުރުމުގެ ގޮތުން ރާއްޖެ އެތެރެކުރާ މިންވަރު މަދުކުރުމަށް ބާރުއަޅާ ބާވަތްތައް ފިޔަވައި އެހެން ހުރިހާ މުދަލަކުން ޑިއުޓީ ކަނޑާލަން ނިންމާފައިވާ ކަމަށެވެ.
ޑިމޮކްރެޓިކް ޕާޓީގެ މެނިފެސްޓޯގައި ވާ ގޮތުން ބޮޑެތި އާގު ބޯޓުފަހަރު ގާތް ކުރެވޭނެހެން އެބަދަރު ތަރައްގީ ކުރާނެ ކަމަށާއި ބަދަރުގައި ގުދަން ކުރާނެ ބޮޑެތި ވެއަރ ހައުސްތަކާއި ފިހާރަތަކާއި އެހެންވެސް ބަދަރަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރާނެ ކަމަށެވެ.
އެޕާޓީގެ މެނިފެސްޓޯގައި ބުނެފައިވާ ގޮތުން ދެކުނު ތަރައްގީ ކުރާނީ ޓޫރިޒަމް ސިނާއަތް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ އިރު އުތުރު ތަރައްގީ ކުރާނީ ވިފަޔާރި ހަބަކަށެވެ.