ވައްކަމާއި ކަރަޕްސަން ހިންގާ ސަބަބު ހޯދަން ރާއްޖެއިން ސައިންސިފިކް ދިރާސާ ހަދަނީ
ދެންމެ | 15 އޭޕްރިލް 2024

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން, ސައިންޓްފިކް ދިރާސާއެއް ކޮށްދޭނެ ބަޔަކު ހޯދަން ހުޅުވާލާއިފިއެވެ.

އެ ކޮމިޝަނުން މިއަދު ސަރުކާރުގެ ގެޒެޓްގައި އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނީ އެ ދިރާސާގެ މައުޝޫއު އަކީ “ޕްރިޑިކްޓިވް މޮޑެލް އޮފް ކޮރަޕްޝަން އިން ދަ މޯލްޑިވްސް: “ބީހޭވަރަލް އިންޑިކޭޓާސް އެންޑް އެތިކަލް ޕަސްޕެކްޓިވް“ ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އޭޕްރީލް 29 ވާ ހޯމަ ދުވަހު 10:00ށް އެ ކޮމިޝަނަށް ޕްރޮޕޯޒަލް ހުށަހެޅުމަށް އޭސީސީން އެދެއެވެ.

ބީލަމާ ގުޅޭ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރު) އެ އިއުލާނާ އެކު އެޓޭޗް ކޮށްފައިވެއެވެ.

ދިރާސާގެ ތިން މަގުސަދެއްގެވެއެވެ. އެއީ ކޮރަޕްޝަންގެ ބިހޭވިޔަރަލް އިންޑިކޭޓަރުތަކާ ބެހޭ ގޮތުން ސައިންޓިފިކް އަންދާޒާއެއް އުފެއްދުމާއި، ކޮރަޕްޝަނާ މެދު ދިވެހިންގެ އަހުލާގީ ނަޒަރުގެ ސައިންޓިފިކް އަންދާޒާއެއް އުފެއްދުމުގެ އިތުރުން ކުށްކުރާ ފަރާތްތަކުގެ އަމަލުތަކުގެ ފަހަތުގައިވާ ސަބަބު ދެނެގަތުމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!