އެތަން މިތާ އިސްތަށިތައް ވަރުގަދަ ކުރަން ބޭނުން ތަ!
ދެންމެ | 22 އޭޕްރިލް 2024

ވަރުގަދަ ރީތި އިސްތަށިގަނޑެއް ލިބުމަކީ ހަމަ ކޮންމެ މީހަކު ވެސް ބޭނުން ވާނެ ކަމެކެވެ. އިސްތަށި ނުފޭބުމާއި، ވަރުގަދަވުމުގެ އިތުރުން ދެ ކަފިވުން ހުއްޓުމަކީ އަންހެން ކަނބަލުންގެ އިތުރުން ފިރިހެނުން ވެސް ނުހަނު ބޭނުންވާނެ ކަމެކެވެ.

ރަނގަޅު ތެލެއް (ކާށި ތެޔޮ ނުވަތަ ޒައިތޫނި އަދި އާގަން ތެޔޮ) ބޭނުން ކޮށްގެން ބޯ މަސާޖު ކުރުމަކީ ވަރުގަދަ، ރީތި އިސްތަށިގަނޑެއް ލިބުމަށް ވަރަށް އެހީވެދޭ ކަމެކެވެ. ބޯ މަސާޖު ކުރުމުން ލޭ ދައުރުވެ، އިސްތަށިގަނޑު ވަރުގަދަ ވާނެކަމަށް ސައިންސްވެރިން ވެސް ބުނެފައިވެއެވެ.

 

ތިމާގެ އިސްތަށިގަނޑު ބަލިކަށި ނަމަ، ނުވަތަ ފަސޭހައިން ހަލާކުވާ ފަދަ އިސްތަށިގަނޑެއް ނަމަ، ހެއާ ޑްރަޔާއާއި އިސްތަށިގަނޑު ފަން ކުރާ ނުވަތަ ބުޅި ކުރާ އަޔަން ބޭނުން ކުރުމުން އިތުރަށް އިސްތަށިގަނޑު ހަލާކުވުން ގާތެވެ. ސަބަބަކީ، މި ފަދަ މެޝިނުތަކުން ބޮލުގެ އިސްތަށިގަނޑަށް ވަރަށް ބޮޑަށް ހޫނު ވުމެވެ.

 

އިސްތަށިގަނޑު ދޮވެ، ސާފުކޮށް ބެެހެއްޓުމަކީ މުހިންމު ކަމެކެވެ. ނަމަވެސް ބައެއް މީހުން އެކަމަށް ޓަކައި، ތިމާގެ އިސްތަށިގަނޑާ ނުގުޅޭ ޝޭމްޕޫ ބޭނުން ކުރުމަކީ އިސްތަށިގަނޑު ހަލާކުވާން މެދުވެރިވާ ވަރަށް ބޮޑު ސަބަބެކެވެ.

 

އެހެންކަމުން އިސްތަށިގަނޑާ ގުޅޭ ބްރޭންޑެއްގެ ޝޭމްޕޫއެއް ބޭނުން ކުރުން ވަރަށް މުހިންމެވެ. މީގެ އިތުރުން ބޯ ދޮންނަ އިރު މާ ބައިވަރު ޝޭމްޕޫ ނުލުމަށް ވެސް ސަމާލުކަން ދޭން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!