ބީރައްޓެހި ސަގާފަތާ ނުލައި އީދުއުފާ ކުރަން ރައީސް އެދިއްޖެ
ދެންމެ | 15 ޖޫން 2024

އީދުގެ އުފާފާޅު ކުރުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފެހެއްޓުމާއިއެކު ބީރައްޓެހި ސަގާފަތާ ދުރަށް ދިއުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައި ފިއެވެ.

މާދަމާ ފާހަގަކުރަން ފަށާ ބޮޑު އީދު ނުވަތަ ބޮޑު އީދު ދުވަހުގެ ތަހުނިޔާ މެސެޖުގައި ރައީސް ވިދާޅުވީ ބޮޑު އީދުގެ ބަރަކާތްތެރި މުނާސަބާގައި ދިވެހި ހުރިހާ ރައްޔިތުންނަށް އެމަނިކުފާނުގެ އިލްތިމާސްއަކީ ﷲ ދެއްވި ގިނަ ގުނަ ނިއުމަތްތަކުގެ މަތިން އަބަދުމެ، ހަނދާން އާ ކުރެއްވުން ކަމަށެވެ. އީދުގެ އުފާ ފާޅު ކުރެއްވުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފެހެއްޓެވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

”އިސްލާމީ އަހްލާގާއި ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި، ފުރެއްދެ ސަގާފަތްތައް އީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރެއްވުމެވެ.“ ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ކުދިންނަށް ބުނެދޭންވީ، އީދުގެ ދިއްލުންތަކާއި އުފާފާޅުކުރުންތަކާއި އެކަކު އަނެކަކާ ސަލާންގަލާންކޮށް، ހާލު ބަލައި، ތަކްބީރުތަހުލީލު ކިޔައި، އިޖުތިމާއީ ރޫހު އާލާކޮށް، ކުޅިވަރު ކުޅެ އުޅުމަކީ އިސްލާމްދީނުގެ ފުރިހަމަ ކަމުގެ ހެކިތަކެއްގެ ގޮތުގަ އެވެ.

މީގެ އިތުރުން އީދަކީ ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް މެހްމާނުން ޒިޔާރަތްކުރުން ގިނަ އުފާވެރި ފޯވައްސަކަށް ވާތީ، ކާބަފައިންގެ ޒަމާނުއްސުރެ ދަމަހައްޓަމުން އައި ހެޔޮފޯރުވުމުގެ ރީތި އުސޫލުތައް ދިރުވައި އާލާކުރުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ. އެގޮތުން ކަމޭހިތުމާއި އިހުތިރާމާއެކު މުއާމަލާތުކުރުމާއި އެއްބަޔަކު އަނެއް ބަޔަކާ ރީތިބަހުން ވާހަކަދެއްކުމަށް ކޮންމެ ޢާއިލާއަކުންވެސް އިސްކަން ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސްގެ ހިތާބުގައި ވަނީ، އީދުގެ ދިއްލުންތަކާއި އުފާފާޅުކުރުންތަކާއި އެކަކު އަނެކަކާ ސަލާންގަލާންކޮށް، ހާލުބަލައި، ތަކްބީރުތަހުލީލު ކިޔައި، އިޖްތިމާއީ ރޫހު އާލާކޮށް، ކުޅިވަރުކުޅެ އުޅުމަކީ، އިސްލާމްދީނުގެ ފުރިހަމަކަމާއި ޝާމިލްކަމުގެ ހެކިތަކެއް ކަމުގައި ދަރީންނަށް ބުނެދޭންޖެހޭ ކަމަށެވެ. އަދި މިފަދަ ކޮންމެ މުނާސަބާއެއްގައި އިސްލާމްދީނާއި ދިވެހިވަންތަކަމަށްޓަކައި ފަޚުރުވެރިވާން ދަރީންނަށް އުނގަންނައިދީ، އިސްލާމީ ރިވެތި އާދަތަކަށް ދަރީން ހޭނުވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ މަނިކުފާނު އެދިވަޑައިގެންފައިވެ އެވެ.

ދިވެހީންގެ ހިތްތަކުގައި ހާއްސަ ލޯތްބަކާއި ކުލުނެއް ދެވިފައިވާ ފަލަސްތީނުގެ މުސްލިމް ކޮންމެ އާއިލާއަކާ، ކޮންމެ ކުޑަކުއްޖަކަށްޓަކައި ހެޔޮ ދުއާތައް ތަކުރާރު ނުކޮށް، އެ ހަނދާންތައް އައުނުކޮށް، އެންމެ ރެޔަކާ ދުވާލެއްވެސް އަޅުގަނޑުމެން ދުލެއް ނުކުރާނެ ކަމަށް ރައީސްގެ ހިތާބުގައިވެ އެވެ.

”ދިވެހިންގެ ހިތްތަކުގައި ހާއްސަ ލޯތްބަކާ ކުލުނެއް ދެވިފައިވާ ފަލަސްތީނުގެ މުސްލިމް ކޮންމެ އާއިލާއަކާއި ކޮންމެ ކުޑަކުއްޖަކަށްޓަކައި ހެޔޮ ދުއާތައް ތަކުރާރު ނުކޮށް، އެ ހަނދާންތައް އައުނުކޮށް، އެންމެ ރެޔަކާ ދުވާލެއް ވެސް އަޅުގަނޑުމެން ދުލެއް ނުކުރާނަމެވެ،“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އަޟްހާ އީދު ބައްދަލުކުރަނީ ހައްޖުގެ އަޅުކަމާއި އަރަފާތު ދުވަހުގެ އިމެއް މިނެއްނެތް ރުއްސެވުމާ ފުއްސެވުމަށް ފަހު އެވެ. ކީރިތި ގުރުއާނުގައި އެ 10 ރެއެއްގެ މާތްކަން ގަންދެއްވައި މާތްﷲ ހުވާގެ ބަސްފުޅު ވަހީ ކުރައްވާފައިވާ ހައްޖު މަހުގެ ފުރަތަމަ 10 ރޭ ނިމުމާއެކު ކަން ވެސް ފާހަގަކުރެއްވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!