މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ އިޓަލީގެ ފަބްރީޒިއޯ ރޮމާނޯވަނީ އެމްބާޕޭ މާސްކް އަޅައިގެން ހުރި ފޮޓޯއެއް އާއްމުކޮށްފައެވެ. އެމްބާޕޭވަނީ ނޭފަތުގައި ބެންޑޭޖު އަޅައިގެން، ފްރާންސްގެ ޕްރެކްޓިހުގައި ބައިވެރިވެފައެވެ.
ޕެރިސް ސެއިންޓް ޖާމައިންގެ ކުރީގެ ތަރި ހުކުރު ދުވަހު ނެދަލެންޑްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން މި ހަފްތާގެ ފަރިތަކުރުންތަކުގައި މި ތިން ކުލައިގެ މާސްކު އަޅައިފި އެވެ. އެކަމަކު، ޔޫއެފާގެ އިކުއިޕްމަންޓް ގަވާއިދުގެ 42 ވަނަ މާއްދާގައިވާ ގޮތުން: ”ކުޅޭ ދަނޑުގައި އަޅާ މެޑިކަލް އިކުއިޕްމަންޓް އެއް ކުލައަކަށް ވާންޖެހޭނެ ކަމަށާއި، ޓީމު ނުވަތަ އުފެއްދުންތެރިޔާ ދެނެގަތުމަށް ފުރުސަތު ނުދޭނެ ކަމަށެވެ.“
އެހެންކަމުން އޭނާއަށް މި މާސްކުން ކުޅުމުގެ ހުއްދައެއް ނުދެވޭނެ ކަމަށާއި، ނަމަވެސް އޭނާ އިޚްތިޔާރުކުރާ މާސްކަކީ އެއް ކުލައެއް ކަމަށްވާނަމަ ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްބާޕޭ ފްރާންސްގެ ޕްރެކްޓިހުގައި ބައިވެރިވި ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން އެމްބާޕޭ ބައިވެރިވީ ހަމަ އެކަނި ލައިޓް ޕްރެކްޓިސްތަކުގައެވެ. ޓީމާ ވަކިން އެމްބާޕޭ ކުރިއަށް ގެންދިޔައީވެސް ލުއި ޕްރޮގްރާމްތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ،
އެމްބާޕޭއަށް އަނިޔާވީ ޔޫރޯގައި ފްރާންސްއިން ކުޅުނު ފުރަތަމަ މެޗުގައެވެ. އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މި މެޗުގައި އެމްބާޕޭގެ ނޭފަތުގެ ކަށިގަނޑެއް ބިންދައިގެން ގޮސްގެން ބަދަލު ކުރަން ޖެހުނެވެ. އަދި މެޗަށް ފަހު ހޮސްޕިޓަލުން އެމްބާޕޭ ފަރުވާ ހޯދާފައިވާއިރު، ކުރިއަށް އޮތް މެޗުތަކުގައި އެމްބާޕޭއަށް ކުޅެވިދާނެތޯވެސް ސުވާލު އުފެދުނެވެ.
ފްރާންސުން ދެން ކުޅެން ޖެހޭ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނީ ހޮލެންޑާ ދެކޮޅަށެވެ. ފްރާންސުންވަނީ މުބާރާތުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރިއާ އަތުން މޮޅުވެފައެވެ. ފްރާންސަކީ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެކެވެ.