މި ހަފްތާގައި އެޕަލްއިން މިވަނީ އެކުންފުނީގެ އައިފޯނުތަކަށް އަނެއްކާވެސް އޭއައި ފީޗާތަކެއް އިތުރުކޮށްފަ އެވެ. އެއާއެކު އައިފޯން ބޭނުންކުރާ މީހުންގެ ރައްކާތެރިކަމުގެ ސުވާލުތައް ވަނީ އުފެދިފަ އެވެ.
ހަމަ އެގޮތަށް މީގެ ދުވަސްތަކެއް ކުރިން މައިކްރޮސޮފްޓުން އެ ކުންފުނީގެ ލެޕްޓޮޕްތަކުގެ ސްކްރީން ޝޮޓް އިރުއިރުކޮޅުން ނަގާނެކަން އިއުލާން ކުރުމުން ވެސް އެފަަދަ ކަންބޮޑުވުންތައް އުފެދުނެވެ.
އެހެން ކަމުން މިކަމަކީ ތިބާގެ ޒާތީ މައުލޫމާތު އެ ލިބެންނުވާ ފަރާތްތަކަށް ލިބި ޓެކް ފްރޯޑުގެ ޝިކާރައަކަށް ތިބާ ވެދާނެ ކަމެއް ކަމަށް ވިސްނަންވާނެ އެވެ.
އެގޮތުން ފޯނު މެދުވެރިކޮށް ބޭންކް އެކައުންޓް ހެކްކޮށް ޒާތީ ލިޔެކިޔުންތައް ނަގައި ނާޖާއިޒު ގޮތުގައި އެ ތަކެތި ބޭނުން ކުރަމުންދެ އެވެ.
މީގެ ކުރިންވެސް އެފަދަ އެތައް ކަމެއް ހިނގައި ގިނަ ބައެއްގެ ދިރިއުޅުން އެއްކޮށް ހަލާކުވެފައިވާއިރު އޭގައި އޭއައިގެ ދައުރުވެސް ބޮޑެވެ.
އެހެން ކަމުން ސްމާޓް ޑިވައިސްތަކުން އޭއައި ބޭނުން ކުރާނަމަ އިތުރަށް ސަމާލުވެ ސެކިއުރިޓީ ޓާމްސްއާއި ފީޗާސްތަކަށް ފާރަވެރިވުން ވަރަށް މުހިއްމެވެ.