ޖެން ޒީ ނުވަތަ އުމުރުން 16-24 އަހަރުގެ ޒުވާނުންގެ 50 އިންސައްތަ ކުދިން ސިއްހީ ލަފާ ހޯދަނީ ޓިކްޓޮކުން ކަމަށް ދާދި ފަހުން ކުރި ސާވޭއަކުން ދައްކައިފި އެވެ.
ޒިންގް ކޯޗުން ކުރިއަށް ގެންދިޔަ މި ސާވޭއިން ދައްކާ ގޮތުގައި ޖެން ޒީގެގެ 56 އިންސައްތަ މީހުން ދުޅަހެޔޮކަމާބެހޭގޮތުން، ޑައިޓް އަދި ރަނގަޅު ސިއްހަތެއްގައި ހުންނާނެ ގޮތްތަކާ ބެހޭގޮތުން މައުލޫމާތު ހޯދަނީ ޓިކްޓޮކުންނެވެ.
34 އިންސައްތަ ޖެން ޒީ ކުދިން ބުނާގޮތުގައި ސިއްހީ ލަފާގެ ހޯދުމަށް ޓިކްޓޮކް ބޭނުން ކުރާއިރު، ޓިކްޓޮކަކީ އެ ކުދިންނާ އެންމެ ކައިރި ސިއްހީ ލަފާ ދޭ އެހީތެރިޔާއަށް ވަނީ ވެފައެވެ.
14 އިންސައްތަ ކުދިން ބުނީ އެކުދިން ލަފާ ހޯދަނީ ރައްޓެހިންގެ ފަރާތުން ކަމަށާއި 13 އިންސައްތަ ކުދިން ބުނީ ގޫގުލް އިން ލަފާހޯދާ ކަމަށާއި އަދި 11 އިންސައްތަ ކުދިން ކޮލިފައިޑް ޑޮކްޓަރުން ނުވަތަ ޓްރެއިނަރުން ކައިރިން ލަފާ ހޯދާކަމަށް ވަނީ ބުނެފައެވެ.
ޗައިނާގެ މަޝްހޫރު ވީޑިއޯ ޝެއަރިން ޕްލެޓްފޯމް، ޓިކްޓޮކް އިން ޖެން ޒީ ކުދިން ލަފާ ހޯދަނީ ކީއްވެތޯ ސުވާލު ކުރުމުން 40 އިންސައްތަ ކުދިން ބުނީ އެއީ އެކަމަށް އެއްވެސް ހަރަދެއް ކުރަން ނުޖެހޭތީ ކަމަށް ބުނެފައެވެ.
މި ދިރާސާ ކޮށްފައި ވަނީ އެމެރިކާގައި ކަމަށް ވާއިރު އެގައުމުގައި އެތައް މިލިއަން ކުޑަކުދިންނެއް މި ޕްލެޓްފޯމް ބޭނުންކުރާކަން ފާހަގަ ކުރެއެވެ. އަދި ބޭރު ދުނިޔޭގެ އެތައް ހަބަރެއް ފަސޭހައިން ލިބޭއިރު އެ އިރެއްގައި ދުނިޔޭގައި ހިނގާ ހަބަރެއް ވިއްޔާ ފަސޭހައިން ޓިކްޓޮކުން ލިބޭ ކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ.