ދިވެހި އަންހެނުން ބިދޭސީ ފިރިހެނުންނާއި ކައިވެނި ކުރާތީ މެމްބަރު ސަރީފަށް ގިސްލާ ރޮވިއްޖެ
ދެންމެ | 31 ޖުލައި 2024

ދިވެހިން ބިދޭސީންނާ ކައިވެނި ކުރުމަކީ މައްސަލައެއްގެ ގޮތުގައި ސިފަކޮށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް މަޖިލީހުގައި ވާހަކަ ދައްކައިފިއެވެ.

މިފަހުން މަޖިލީހުގެ ތަޅުމުގައި މިފަހުން ވާހަކަ ދައްކަމުން، ދިވެހި އަންހެން ގޭގައި ތިބެނީ ކަސައުޓީ ބަލަން ކަމަށްބުނެ ވާހަކަދެއްކުމުން ފާޑުކިޔުން އަމާޒުވި މެންބަރު ޝަފީގް މިއަދުގެ މަޖިލީހުގެ ޖަލްސާގައިވެސް ވަނީ ވަޒީފާއާބެހޭ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް އަނެއްކާވެސް ވާހަކަދައްކަވާފައެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައިވެސް ބިދޭސީންގެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ގޭގެ ސިޓިން ރޫމުގައި ”ކަސައުޓީ“ ބަލަން ތިބެނީ ބިދޭސީން ކަމަށެވެ. އަދި ބިދޭސީންގެ މައްސަލަ ޤައުމީ ސަލާމަތާ ގުޅިފައިވާ ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑުމެން ހިތާމަ ކުރަން ޖެހެނީ، އިއްޒަތްތެރި ރައީސް، މާދަމާ އަޅުގަނޑުންމެންގެ ގައުމުގަ ތިބޭނީ، ހާފް މޯލްޑިވިއަން، ހާފް ސްރީ ލަންކަން، ހާފް އިންޑިއަން، ހާފް ބަންގްލަދޭޝް. ޒަވާޖީ ހަޔާތަށް ބަލާނަމަ ގުޅިގެން މިދަނީ އަޅުގަނޑުމެންގެ އާދަކާދަޔާ ސަގާފަތާ، އަޅުގަނޑުމެންގެ ހުއްބުލް ވަތަންގެ މިއޮތް ރީތިކަން، އަޅުގަނޑުމެންގެ ދިވެހި ވަންތަކަން ގެއްލިގެންދާތީ އެކަމުގެ ކަންބޮޑުވުމަށް ވާހަކަ ދެއްކުމަކީ އަޅުގަނޑުމެންގެ ވާޖިބެއް މިއަދު.“ ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މާދަމާ ބޭރު ގައުމަކުން ކިޔަވައިގެން އައިސް މަޖިލީހުގެ ރައީސްކަމުގައި ދިވެހިންގެ މައްޗަށް ބަސް އިއްވަން އިންނާނީ ކޮން ދިމާލަކުން އަންނަ މީހެއް ކަމާ ދޭތެރޭ ވިސްނަންޖެހޭ ހާލަތަށް ގައުމުގެ ހާލަތު ގޮސްފައިވާ ކަމަށެވެ.

މަޖިލީހުގައި އޭނާ ދައްކާ ވާހަކަތައް ބިނާކުރަނީ ޤައުމުގެ ހާލަތަށްކަމަށް ވިދާޅުވެ ޝަރީފް ވިދާޅުވީ އެ ވާހަކަތަކުގެ ސަބަބުން އޭނާއަކީ ”ބަޖާޖު ކަމުގައި ހެއްދެވި ނަމަވެސް، ބަޖިޔާ ކަމުގައި ހެއްދެވި ނަމަވެސް“ ހަގީގަތަށް ވާހަކަ ދައްކަވާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!