އަމަލުވާ ބަނގުރަލާއި ބިޔަރާއެކު މީހަކު ހައްޔަރުކޮށްފި
ދެންމެ | 05 އޯގަސްޓް 2024

ފުލުހުން މިރޭ ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއި ބިޔަރާއެކު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިރޭ 10:00 ހާއިރު ހުޅުމާލެ އަމީން އެވެނިއު ކައިރިން 48 ދަޅު ބިޔަރާއި، އެއް ފުޅި ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބިދޭސީ ފިރިހެނެކެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!