ހުޅުމާލޭގައި ފިރިހެނެއްގެ ޖިންސީ ގުނަވަން ބުރިކޮށްލައިފި
ދެންމެ | 02 ޖުލައި 2022

ހުޅުމާލޭގައި ފިރިހެނަކު އޭނާގެ ޖިންސީ ގުނަވަން ބުރިކޮށްލައިގެން ހޮސްޕިޓަލަށް ގެންދަނީ ކަމަށް ބުނެ ދައުރުވަމުންދާ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ގިނަ އަދަދެއްގެ ޓްރެފިކް ފުލުހުންނާއި ހޮސްޕިޓަލްގެ މުވައްޒަފުން ވެގެން ގެއެއްގެ ތެރެއިން މީހަކު ނެރެ، އަށިގަނޑަށް އަރުވައިގެން އެމްބިއުލެންސަށް ގެންދާ މަންޒަރެވެ.

އެމީހާ ހުދުފޮތިގަނޑަކުން ނިވާކޮށްފައިވާއިރު ފޮތިގަނޑުގައި ލޭ ހުރިކަން ފާހަގަ ކުރެވެއެވެ. އެމީހާ އޮތީ ޚަބަރު ހުސްވެފައި ކަމަށް ވެސްބެލެވެއެވެ. އަދި އެއީ ޒުވާނެއް ކަމަށް ވެސް ބެލެވެއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!